ފީވަކު ސްކޫލް
ދިވެހިރާއްޖެ
ބޯފެން ޓޭންކަތައް ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް

ފީވަކުސްކޫލް                                          

ފީވައް،                                           

ދިވެހިރާއްޖެ                                               ނަންބަރު:GS-108/IUL/2021/13  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލުގެ ބޯފެން ޓޭންކްތައް ހިޔާކުރުމާއިގުޅޭ

މިސްކޫލުގެ ނަންބަރު: GS-108/IUL/2021/12 (07 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީވެ،  ތިރީގައިވާ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިސްކޫލުގެ ދެކުނު ފަރާތުގައި ބަހައްޓާފައިވާ ބޯފެން ޓޭންކްތައް ހިޔާކޮށް ވާރޭ ފެން ނެގޭ ގޮތައް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިސައްކަތްކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މަސައްކަތާއިގުޅޭ މަޢުމާތު ބީލަންފޮތުގައިވާނެވެ.

ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު

ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

31 އޮގަސްޓު 2021 ން 02 ސެޕްޓެންބަރު 2021 އަށް

ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އަށް

 

-          މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.

-          އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެންބަރު 05 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.         

-          އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2021 ސެޕްޓެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.

އީމެއިލް: [email protected]

ފޯން:   6540543

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  22 މުޙައްރަމް 1442ހ.

                  30 އޮގަސްޓު 2021މ.

30 އޮގަސްޓް 2021
ހޯދާ