މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާއަކާއި ބެހޭ

މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓް

             މާފަރު

            ދިވެހިރާއްޖެ

 

އިޢުލާން

 

މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާއަކާއި ބެހޭ

      މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ފައިސާއެއް މިކޯޓްގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. މިފައިސާ ހޮވާފައިވަނީ ނ.މާފަރު  ޗަނބޭލީގޯޅި (ނ.މާފަރު ބައު އިންޖީނުގެ ކައިރިން) މަގުންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފައިސާގެ ވެރިފަރާތެއްވާނަމަ 2021 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެއްލިފައިވާ ފައިސާގެ ސިފަތައް (ފައިސާގެ ނޫޓުގެ އަދަދާއި، ފައިސާގެ ޖުމުލަ) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

      އަދި، މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ ޤަވާއިދުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 22 މުޚައްރަމް 1443

30 އޮގަސްޓް 2021
ހޯދާ