ދިވެހިރާއްޖެ
މަޤާމް :ކޮންޓްރޯލް ރޫމް އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :1 | |
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ކޮންޓްރޯލް ރޫމް އެސިސްޓެންޓެއް ބޭނުންވެއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮންޓްރެކްޓް އުސޫލުގެ ދަށުން މަަސައްކަތްކުރާނެ ކޮންޓްރޯލް ރޫމް އެސިސްޓެންޓެއް ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 5 ދުވަހު
ޝަރުތު:
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.
މުސާރަ: -/4465 ރުފިޔާ (މަހަކުު)
ސަރވިސް އެލަވަންސް: -/1500 ރުފިޔާ (މަހަކު)
ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު)
ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މުއްދަތު: 4 މަސްދުވަސް
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- އިމާރާތްތެރޭގައި ކެމެރާ ހަރުކޮށްފައިވާ ހުރިހާ ސަރަހައްދެއް ސިސްޓަމް އިން ބަލަހައްޓަމުން ދިއުން، ހާއްސަކޮށް ވަދެ ނިކުތުމަށް ކަނޑައަޅާފައިވާ ތަންތަން/ދޮރުތައް.
- އެކްސެސް ކޮންޓްރޯލް ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
- އޭ.ސީ، ކަރަންޓު އަދި ފަޔަރ ސިސްޓަމްތައް ބަލަހައްޓަމުން ދިއުމާއި އެލާމެއް އަޅައިފިނަމަ، އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
- އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކޮށް، ސުޕަވައިޒަރަށް އަންގާ، އިންސިޑެންޓް ރިޕޯޓު ތައްޔާރުކޮށް އެރިޕޯޓް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
- އެލާމް ސިސްޓަމްތަކާއި ސެކިއުރިޓީ ކަންކަމާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
- ކަނޑައެޅިފައިވާ އުސޫލުން އިމާރާތްތެރޭގެ ކަންކަން ހުރިގޮތް ޗެކްކުރުމަށް އިމާރާތްތެރެ ޕެޓްރޯލް ކުރުން.
- ކޮންޓްރޯލް ރޫމްއާއި ގުޅުންހުރި އުސޫލުތަކާއި އެސް.އޯ.ޕީތައް ތައްޔާރުކޮށް، އުސޫލު/އެސް.އީ.ޕީ ތަކަށް އަމަލުކުރާވަރު ބެލުމަށްފަހު ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
- މަސައްކަތާއި ގުޅިގެން އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފުރިހަމަކޮށް ނިންމުން.
އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މުއާމަލާތްކުރުމުގެ ހުނަރުލިބިފައިވުން.
- ކޮމްޕިއުޓަރގެ މަސައްކަތްތަކަށް އަހުލުވެރިވެފައިވުން.
- ސީ.ސީ.ޓީވީ މޮނިޓަރިންގ މަަސައްކަތްތަކަށް އަހުލުވެރިވެފައިވުން.
ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 6 ސެޕްޓެމްބަރ 2021ވާ ހޯމަ ދުވަހުގެ 13:00 [email protected] އަށެވެ.
- މަގާމަށް އެދި ހުށަހުއްވާ ސިޓީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ޕާސްޕޯޓް ސައިޒްގެ ފޮޓޯ (ވައިޓް ބެކްރައުންޑް)
- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
- މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335234 ނަންބަރު ފޯނަށެވެ.
22 މުހައްރަމް 1443
30 އޯގަސްޓް 2021