ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރަމުންދާ ސަރަޙައްދުގެ މަގުތައް ސާފުކޮށް ބެހެލެއްޓުމާއި ބެހޭ؛

މިހާރަކަށްއައިސް ގދ.ހޯނޑެއްދޫ ދަނޑުވެރިކަންކުރާ ސަރަޙައްދު މަގުތަކުގެ ވިނަ ބޯވުމުގެ ސަބަބުން ބައެއް މަގުތައް ބަންދުވެ ދަނޑުބިންތަކަށް ވަދެ ނުކުތުމުގައި ދަތިތަކާއި ކުރިމަތި ވަމުންދާކަމުގެ ޝަކުވާ ހޯނޑެއްދޫގެ ދަނޑުވެރިންގެ ފަރާތުންނާއި ދަނޑުތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ލިބެމުންދާތީ ދަންނަވަމެވެ. ދަނޑުބިމުގެ ވަށައިގެންވާ މަގުތަކުގެ 2/1 ސާފުކޮށް ބެލެހެއްޓުމަކީ އެދަނޑު ހައްދާ ފަރާތުން ކުރަންޖެހޭ ކަމެއްކަމަށްވާތީ، މި އިޢުލާން ޢާއްމުކުރެވޭ ތާރީޚުން ފެށިގެން ގިނަވަގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެފަރާތަކުން ހައްދަމުންދާ ދަނޑުބިމުގެ މަގުތަކުގެ 2/1 ސާފުކޮށް ބެލެހެއްޓުމަށް ހަނދާން ކޮށްދެމެވެ.

ވީމާ، އެފަރާތަކުން ހައްދަމުންދާ ދަނޑުބިމުގެ މަގުތަކުގެ 2/1 ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަށް ދަންނަވަމެވެ. އަދި ދަނޑުތަކުގެ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތަކާއިމެދު ކައުންސިލުން ނިންމާގޮތެއްގެ މަތިން ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮގަސްޓް 2021
ހޯދާ