އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މަގު އަދި އިޖުތިމާޢީ ސަރަހައްދުތައް ބަންދު ކުރުމާއިބެހޭ އާންމުއުސޫލު

ވަގުތީގޮތުން މަގު އަދި އިޖުތިމާޢީ ސަރަހައްދުތައް ބަންދު ކުރުމާއިބެހޭ އާންމުއުސޫލު

    ނަންބަރު: (RUL)-A/342/2021/03

 



ތަޢާރަފާއި ނަން

  1. 1.                 

 

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ތ) އިން ބާރު ލިބިގެން ހެދހިފައިވާ(ގަވާއިދު ނަންބަރު: 1242-R/2013– 10 ޑިސެންބަރު 2013) ގެ ދަށުން އެކުލަވާލާފައިވާ ޢާންމުއުސޫލެވެ.

 

 

 

(ށ)

މި އުސޫލަށް ކިޔާނީ " ވަގުތީގޮތުން މަގު އަދި އިޖުތިމާޢީ ސަރަހައްދުތައް ބަންދު ކުރުމާއިބެހޭ އާންމުއުސޫލުއެވެ.

އަމަލު ކުރަން ފަށާ ތާރީހް:

  1. 2.        

 

(ހ)

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މިއުސޫލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް މިއުސޫލު ހިންގުން

  1. 3.        

 

(ހ)

 

 

(ށ)

 

 

(ނ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން  ހިނގާފައިވާ ކަންކަމުގެ  މައްޗަށް މި  އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ.

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި މަގުބަންދު ނުވާގޮތަށް އަދި އިޖުތިމާއީ ސަރަހައްދުތަށް ބަންދުނުވާގޮތަށް ބަހައްޓާފައިވާ ތަކެތި މި އުސޫލަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަސް ތެރޭގައި ނަގަންވާނެއެވެ.

މި މާއްދާގެ (ށ) ގައިވާ ގޮތަށް އަމަލުނުކޮށްފިނަމަ 3 (ތިނެއް) ދުވަހުގެ ނޯޓިސް ދީފައި އެގޮތަށް ބަހައްޓާފައިވާ އެންމެހާ ތަކެތި ނައްތާލެވޭނެއެވެ.

 

އިސްތިސްނާތަށް

  1. 4.        

 

(ހ)

މިއުސޫލުގެ ދަށުން،ހާއްޞަހާލަތެއް ދިމާވެގެން މަގު ބަންދުކުރާ ކުރުމާއި ދައުލަތުގެ ބޭނުމަށް ވަގުތީ ގޮތުން މަގުބަންދުކުރާ ކުރުން ނުހިމެނޭނެއެވެ.

 

މަސައްކަތް ކުރުމަށްޓަކައި މަގު ބަންދު ކުރުން

  1. 5.        

 

(ހ)

މަސައްކަތެއް ކުރުމަށް މަގެއް ބަންދުކުރެވޭނީ އެމަސައްކަތަކީ މަގެއް ބަންދުކޮށްގެން ނޫންގޮތަކަށް ކުރެވެން ނެތް މަސައްކަތަކަށް ވާނަމައެވެ. އެފަދަ މަސައްކަތެއް ކުރަން ޖެހޭނަމަ ކައުންސިލަށް ހުށަހަޅާގެން ކަނޑައެޅިފައިވާ މަގު ބަންދުކުރުމުގެ ހުއްދަ ލިއުމުން ހޯއްދަވަންވާނެއެވެ.

 

ޙާއްސަހާލަތެއް ދިމާވުމުން މަގުބަންދު ކުރުން

  1. 6.        

 

(ހ)

ހާއްޞަ ހާލަތެއް ކަމަށް ބެލެވޭނީ، ގުދުރަތީ ކާރިސާއެއް ނުވަތަ ކަރަންޓާއި ފެނާ ނަރުދަމާއަށް ދިމާވާ މައްސަލައަކާ ގުޅިގެން ކޮންމެހެން މަގެއް ކޮންނަން ޖެހިއްޖެ ހާލަތެކެވެ.      

 

 

 

(ށ)

 

 

(ނ)

މިމާއްދާގެ (ހ)ގައި ބުނެފައިވާފަދަ ކަމެއްދިމާވެގެން މަގެއް ބަންދުކުރަނީނަމަ، ކައުންސިލުގެ ރަސްމީގަޑި ފިޔަވާ އެހެންގަޑިއެއްގައިނަމަ އޮންލައިން ފޯމްއިން އެދެންވާނެއެވެ. އަދި އެކަމަށް ދައްކަވަންޖެހޭ ފައިސާވެސް ދައްކަވަންވާނެއެވެ.

މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެދޭނީ މިލިންކްގައިވާ  މަގު ބޭނުންކުރުމުގެ ޙުއްދައަށް އެދޭ ފޯމު (google.com)ފޯމުންނެވެ. 

     

ވަގުތީގޮތުން މަގު އަދި އިޖުތިމާޢީ ސަރަހައްދު ބަންދު ކުރެވޭ ޙާލަތްތައް

 

 

  1. 7.        

 

(ހ)

އާންމު މަގެއް ބަންދުކުރެވޭނީ ހާއްޞަ މުނާސަބަތު ތަކަށާއި ރަސްމިއްޔާތު ތަކަށާއި އިޖްތިމާއީ ކަންކަމަށާއި އުމްރާނީ ކަންތައްތަކަށާއި އަދި މިނޫންވެސް، ކޮންމެހެން  މަގު ބަންދުކޮއްގެން ނޫނީ ނުކުރެވޭ މަސައްކަތެއް ކުރުމަށް  އެވަގުތެއް ގައި ހާލަތު ނިޔާކުރާ ގޮތުން މަގު ނުވަތަ އިޖުތިމާއީ ސަރަހައްދު ބަންދުކުރަން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

 

 

(ށ)

މަގެއް ބަންދުކުރެވުނީ ކަމަށް ބެލެވޭނީމަގު ބަންދުކުރުމަށް މިއުސޫލު ލާޒިމުކުރާ " މަގު ބަންދުކުރާ ބޯޑު" ބެހެއްޓުމުންނެވެ.

 

 

 

(ނ)

މިއުސޫލުގެ ދަށުން ވަގުތީގޮން މަގެއް ބަންދުކުރެވޭނީ ގިނަވެގެނަ 24 (ސައުވީސް) ގަޑިއިރުގެ ވަގުތަކަށެވެ.     

 

 

 

(ރ)

 

 

 

(ބ)

މިމާއްދާގެ ނޫނުގައި އެހެން އޮތްނަމަވެސް މަސައްކަތުގެ ހާލަތަށާއި ކަމުގެ ކުޑަބޮޑުމިނަށް ރިޔާޢަތްކޮށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރު ވަގުތު މަގު ބަންދުކުރުމަށް ހުއްދަ ދިނުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

އިޖުތިމާޢީ ސަރަހައްދުތެރޭގައި ހިމެނޭ ސަރަހައްދުތަކާއި ބީޗްތަކުގައި ހަފްލާއަދި އެކިއެކި ކަންކަން ކުރުމަށް އެސަރަހައްދުތައް ވަގުތީ ގޮތުން މިއުސޫލްއާއި އެއްގޮތަށް ބަންދުކުރެވޭނެއެވެ.

 

ހުއްދަ ދޫކުރުން

  1. 8.        

 

(ހ)

 

 

 

(ށ)

 

 

މަގު ބަންދުކުރުމުގެ ހުއްދަ ދެވޭނީ، މަގުބަންދު ކުރުމަށް ބޭނުންވާ ފަރާތުން ކުރަން ބޭނުން މަސައްކަތް ބަޔާންކޮށް މަސައްކަތް ކުރުމަށްޓަކައި މަގު ބަންދުކުރަން ބޭނުންކަމަށް ކައުންސިލަށް ލިޔުމުން ހުށަހެޅުމުގައި މިއުސޫލުގެ 5 ވަނަ ނަމްބަރުގެ (ހ) ގައިވާ ކަންތައްތައް ކުރުމަށެވެ.

 

މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުއްދަ ދެވޭނީ ހުއްދައަށްއެދޭ ފޯމްގެ އަނެއްފަރާތުގައިވާ އިޤްރާރުގައި ސޮއިކުރުމަށްފަހުގައެވެ.

 

މަގު ބަންދުކުރުމަށް ހުއްދަދޭ ވަގުތު ކަނޑައެޅުން:

  1. 9.        

 

(ހ)

 

 

(ށ)

 

 

 

 

 

 

 

(ނ)  

މަގެއް ބަންދުކުރުމަށް ހުށަހެޅުމުން އެފަރާތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ދޭންވާނީ އެސަރަހައްދެއްގެ ނުވަތަ އެހިސާބެއްގެ ކާރުބާރު ކުޑަބުޑުމިނަށް ބަލައި އެމަގެއްގެ ނުވަތަ އެސަރަހައްދެއްގެ، ނުވަތަ އެހިސާބެއްގެ ކާރުބާރު އެންމެ ކުޑަވަގުތަކަށް އިސްކަންދީގެންނެވެ.

އިމާރާތްކުރުންފަދަ ކަންކަމަށް ވަގުތު ކަނޑައަޅާނީ ގަވާއިދު ނަންބަރު 2019/R-1004 " ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 115 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(1)    މަގުބަންދު ކުރުމުގެ ހުއްދަ ދެވޭނީ ގިނަވެގެން 6 (ހައެއް) ގަޑިއިރަށެވެ.

(2)    މަގު ބަންދު ނުވާގޮތަށް މަގުގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދެވޭނީ ގިނަ ވެގެން 3 (ތިނެއް) ދުވަހަށެވެ.

(3)    ކުދި މަސައްކަތަށް މަގު ބަންދު ކުރުމުގެ ނުވަތަ މަގުގައި ތަކެތި ބެހެއްޓުމުގެ ހުއްދަ ދެވޭނީ ގިނަ ވެގެން 3 (ތިނެއް) ގަޑިއިރަށެވެ.

މި އުސޫލްގެ 7 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް ހުއްދަދެވޭނީ އެކަމަށް ފޯމުން ހުށަހެޅުމުންނެވެ.

 

މަގު އަދި އިޖުތިމާއީ ސަރަހައްދު ބަންދު ކުރުމަށް ފީނެގުން

 

  1. 10.    

 

(ހ)

 

 

 

(ށ)

މަގު ބަންދު ކުރަނީ، ޢުމްރާނީ މަސައްކަތަކަށްނަމަ ފުރަތަމަ 6 ގަޑިއިރަށް -/250 (ދުވިސައްތަ ފަންސާސް) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. އަދި އިތުރަށް ހިނގާ ކޮންމެ ގަނޑީރަކަށް -/35 (ތިރީސްފަހެއް) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ.

 

މަގު ބަންދު ނުވާގޮތަށް މަގުގައި ތަކެތި ބެހެއްޓުމަށް ދުވާލަކަށް -/100 (ސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ.

 

 

 

 

(ނ)

ޢިޖުތިމާއީ ހަރަކާތަކަށް ނުވަތަ މަސައްކަތަކަށްނަމަ،  ތިރީގައިމިވާ ގޮތަށް ފީ ކައުންސިލަށް ދައްކަންވާނެއެވެ. 

  1. ސިޔާސީ ހަރަކާތެއްނަމަ: -/200 (ދުވިސައްތަ) ރުފިޔާ ދުވާލަކަށް.
  2. އެވެއާރނަސް ޕްރޮގްރާމެއްނަމަ: -/100 (ސަތޭކަ) ރުފިޔާ ދުވާލަކަށް.
  3. ޕާޓީ ނުވަތަ ހަފްލާއެއްނަމަ: -/150 (ސަތޭކަ ފަންސާސް) ރުފިޔާ ދުވާލަކަށް.
  4. ކުޑަ ހަފްލާއެއް ނަމަ: ފުރަތަމަ ތިން ގަޑީރަށް -/50 (ފަންސާސް) ރުފިޔާ، އިތުރުވާ ކޮންމެ ގަޑިއަކަށް -/10 (ދިހައެއް) ރުފިޔާ.

 

 

 

(ރ)

މިމާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައި ބުނެފައިވާ ކަންކަން ފިޔަވައި އެހެނިހެން ކަންތައްތަކަށްވަގުތީގޮތުން މަގު އަދި އިޖުތިމާއީ ސަރަހައްދު ބަންދުކުރުމުގެ  ހުއްދަ  ދޫކުރެވޭނީ  ދުވާލަކަށް -/10 (ދިހަ) ރުފިޔާގެ ފީއެއް ދައްކާ ގޮތަށެވެ.

 

 

 

 

(ބ)

 

 

 

(ޅ)

މިމާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބުނެފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ނުވިނަމަވެސް ފީ ދައްކަންވާނީ، ގަޑިއިރު ފުރިހަމަ ވެފައިވާކަމަށް ބަލައި މުޅިޖުމުލަ ވަގުތަށެވެ. އަދި ދުވަސްވެސް ބަލައިނީ އެއުސޫލުންނެވެ.

 

މިމާއްދާގެ (ރ) ގައި އެހެން ބުނެފައިވީނަމަވެސް އެހީތެރިކަން ހޯއްދަދިނުމަށް ހިންގާ ފަންޑްރައިސް ޕްރޮގްރާމްތަކާއި އާއްމުންނަށް ބައިވެރިވެވޭގޮތަށް ހިންގާ އެވެއާނަސް ޕްރޮގްރާމްތަކުގެ ތެރެއިން ހިލޭ ބައިވެރިވެވޭ ޕްރޮގްރާމްތަކާއި، ދީނީ ދަރުސް ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބޭނުމަށް ބަންދުކުރާ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުން ފީ ނުނެގޭނެއެވެ.    

 

މަގު ބަންދު ކުރުމަށް ހުށަހެޅުން

  1. 11.    

 

(ހ)

މަގެއް ވަގުތީގޮތުން ބަންދުކުރުމުގެ ހުއްދައަށް އެދެވޭނީ އެމަގެއް ބަންދުކޮށްގެންކުރަންޖެހޭ މަސައްކަތައް މަސްއޫލުވާފަރާތަށް، ނަވަތަ އެމަސައްކަތެއް ކުރަމުންގެންދާ  ކޮންޓުރެކްޓަރަށެވެ. އަދި އެފަރާތަކީ މަސައްކަތުގެ ވެރިފަރާތްކަން ނުވަތަ ކޮންޓުރެކްޓަރުކަން އެގޭނެ ޞައްޙަލިޔެކިޔުން ހުށަހަޅަންވާނެއެވެ.ނުވަތަ މިމުއްދަތަށް އެދެނީ  ވެރިފަރާތް ނުވަތަ ކޮންޓުރެކްޓަރުގެ ބަދަލުގައި ފަރާތަކުންނަމަ، ވެރިފަރާތުން ނުވަތަ ކޮންޓުރެކްޓަރުއެކަން އެފަރާތާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.އަދި ހުއްދަ ހޯދަން ހުށަހަޅާ ފަރާތުން އެފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް، ހުއްދައަށް އެދޭ ލިޔުން ތަކާއެކު ހުށަހަޅަންވާނެއެވެ..

 

 

 

 

(ށ)

 

 

 

 

(ނ)

މަގެއް ބަންދުކޮށްގެން ނޫނީ ކުރެވެން ނެތް މަސައްކަތެއް ކުރުމަށްޓަކައި 2 (ދޭއް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މަގެއް ބަންދުކުރަން ބޭނުންވާނަމަ، އެމަގެއް ބަންދުކުރުމުގެ ހުއްދައަށްއެދި އެމަސައްކަތެއް ކުރުމަށް މަގުބަންދުކުރުމަށް ބޭނުންވާ ދުވަހުގެ 1 (އެކެއް) ދުވަސް ކުރިން އެކަމަށްއެދި ރަސްމީގަޑީގައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

މި އުސޫލްގައި ހުއްދަ ހޯދަންޖެހޭ ކަންކަމަށް ހުއްދައަށް އެދޭނީ މިއުސޫލްގެ ޖަދުވަލްގައިވާ ފޯމުންނެވެ.

 

މަގު ބަންދުކުރާ ބޯޑު ބެހެއްޓުން

  1. 12.    

 

(ހ)

މަގުބަންދުކުރުމަށް ހުއްދަލިބިފައިވީ ނަމަވެސް، މަގުބަންދުކޮށްގެން މަސައްކަތްކުރަންވާނީ މަގުބަންދުކުރާ ބޯޑު ބަހައްޓާގެންނެވެ.

 

 

 

(ށ)

 

 

 

(ނ)

މަގުބަންދުކުރުމަށް  ދޫކުރެވޭ ބޯޑަށް އެއްވެސް ގެއްލުމެއްވެއްޖެނަމަ، ނުވަތަ ހަލާކުވެއްޖެ ނަމަ އެބޯޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކައުންސިލަށް ދައްކަންވާނެއެވެ. ބޯޑަކަށް ލިބޭގެއްލުމުގެ ބަދަލު ނުދައްކާ ފަރާތްތަކާމެދު މިއުސޫލުގެ ދަށުން ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

މަގު ބަންދުކުރުމަށް ނެގި ބޯޑު ގެންދިޔަ މަސައްކަތް ނުވަތަ ހަރަކާތް ނިމުމުން ބޯޑު އަނބުރާ ކައުންސިލްއަށް ގެނެސް، ކައުންސިލް މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ.

 

މަގާއި ސަރަޙައްދުތައް ބަންދުކުރާ ބޯޑަށް ފީނެގުން

  1. 13.    

 

(ހ)

 

 

(ށ)

 

 

 

 

(ނ)

 

  

މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި މަސައްކަތް ކުރާއިރު ބަހައްޓާ ބޯޑުގެ ފީ އަށް ދުވާލަކަށް 10 (ދިހައެއް) ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ. 

 

ޕާޓީފަދަ ހަފްލާތަކަށް (ހ) ގައިވާ ގޮތުގެ މަތިން ބޯޑު ނެންގެވުމަށްފަހު ޑިޕޮސިޓްގެ ގޮތުގައި ފޯމްއާއިއެކު -/100 (ސަތޭކަ) ރުފިޔާ ކައުންސިލަށް ދައްކަވަންވާނެއެވެ. އަދި މި ޑިޕޮސިޓް ޕާޓީ ނުވަތަ ހަފްލާ ނިންމާ ސަރަހައްދު ސާފުކޮށް، ކައުންސިލްއަށް ދެއްކުމަށްފަހު އަނބުރާ ހަވާލުކުރަންވާނެއެވެ. ސަރަހައްދު ސާފުނުކުރާނަމަ އެފައިސާ އަނބުރާ ހަވާލުނުކުރެވޭނެއެވެ.  

 

ހަވީރު 6 (ހައެއް) ގެ ފަހުން މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި މަގުބަންދުކުރާ ބޯޑުގެ ގޮތުގައި ބަހައްޓާނީ ނިވިދިއްލޭ ބައްތި ހަރުކޮށްފައިވާ މަގު ބަންދުކުރާ ބޯޑެވެ. މިބޯޑުގެ ފީ އަށް ދުވާލަކަށް 20 (ވިހި) ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ. 

      

މަގުން ހިނގާ މީހުންނަށް ދަތިނުވާ ގޮތަށް މަސައްކަތްކުރުން

  1. 14.    

 

(ހ)

 

 

(ށ)

މަގުބަންދު ކުރާބޯޑު ބަހައްޓާގެން މަސައްކަތް ކުރިނަމަވެސް، މަސައްކަތް ކުރަންވާނީ އެމަގުން ހިނގާމީހުންނަށް ހިނގާ ބިނގާވެ އުޅުމުގައި ދަތިނުވާ ގޮތެއްގެމަތިންނެވެ.

 

މިމާއްދާގެ (ހ) ގައި މިހެންއޮތްކަމުގައިވިޔަސް ވަކި ބޭނުމަކަށް މަގު ބަންދު ބޯޑު ބަހައްޓާފައިވާނަމަ ދުއްވާ ތަކެތި ދުއްވުން މަނާވާނެއެވެ.

      

ރޭގަނޑު މަސައްކަތް ކުރުން

 

 

 

 

 

 

 

  1. 15.    

 

(ހ)

 

 

 

 

(ށ)

މަގެއް ބަންދުކޮށްގެން މަސައްކަތް ކުރަން ބޭނުންވަނީ6 ގެ ފަހުން ކަމުގައިވާނަމަ، ނުވަތަ މަސައްކަތް ދުވާލު ފެށިނަމަވެސް އެމަސައްކަތް ހަވީރު 6 (ހައެއް) ގެ ފަހުން ދެމިގެންދާނަމަ، ހަވީރު 6 (ހައެއް) ގެ ފަހުން ނިވިދިއްލޭ ބޯޑު ބަހައްޓަންވާނެއެވެ. މި ބޯޑު ހޯދުމަށް ކައުންސިލްއަށް އެދެންވާނީ މިއުސޫލްގެ ޖަދުވަލްގައިވާ ފޯމުންނެވެ.

 

މި މާއްދާގެ (ހ) މިހެން އޮތްކަމުގައި ވިޔަސް މަގުކޮނެގެން ކޭބަލްއެއް ނުވަތަ ހޮޅިއެއް ފަދަ ކަމެއް ކުރަންޖެހޭނީ ހަވީރު 6 (ހައެއް) ގެ ކުރިންނެވެ. އެފަދަ ކަމެއް ނުނިމެއްޖެނަމަ، މިމާއްދާގައި މިބުނާ ނިވިދިއްލޭ ބޯޑުގެ އިތުރުން ސަރަހައްދު މީހުންނަށް އިނގޭވަރަށް އަލިކޮށްފައި ނުވަތަ ކޮނެފައިވާ ތަން ވަށާގެން ޓޭޕް ދެމިފައި ހުންނަން ވާނެއެވެ.

 

މަސައްކަތް ކުރާ ސަރަހައްދުގައި މައުލޫމާތު ދެވޭ ވަރުގެ މީހަކު ހުރުން

  1. 16.    

 

(ހ)

މަސައްކަތް ފެށުމަށްފަހު މަސައްކަތް ނިމުމާ ހަމައަށް، މަސައްކަތާ ގުޅިގެން ނުވަތަ މަގު ބަންދުކުރުމަށް ދެވިފައިވާ ހުއްދައާ ގުޅިގެން މައުލޫމާތު ދެވޭވަރުގެ ޒިންމާދާރު މީހަކު އެތަނުގައި ހުންނަންވާނެއެވެ.

 

ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

  1. 17.    

 

(ހ)

 

 

 

(ށ)

 

(ނ)

މަގެއް ބަންދުކޮށްގެން އެއްވެސް މަސައްކަތެއް ކުރަމުންދާއިރު ކައުންސިލުގެ ފަރާތުން މަސައްކަތް ސުޕަވައިޒް ކުރުމަށް ކަނޑައަޅާފައިވާ ފަރާތަކުން އެކަންބަލާއިރު އިޞްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވި އެކަން އިޞްލާޙްކުރަން އަންގައިފިނަމަ އެމަސައްކަތް ކުރިއަށް ގެންދަންވާނީ އެކަމެއް ރަނގަޅު ކުރުމަށްފަހުގައެވެ. 

މަގެއް ކޮނުމަށްފަހު 2 (ދޭއް) މަސް ދުވަސްވަންދެން އެ މަގެއް ކޮނުނު ފަރާތުން އެމަގުގައި ކޮނުނުތަނަކަށް ޒިންމާވާންޖެހޭނެއެވެ.

މަގެއް ކޮނުމަށްފަހު ފަސްލާ އެތަނެއް ފޮރުވާލަންޖެހޭނީ ކައުންސިލުން ބަލާ ޗެކްކުރުމަށްފަހުގައެވެ.

 

ސަލާމަތީ ކަންކަން ވަރުގަދަކުރުން

  1. 18.    

 

(ހ)

މަގެއް ބަންދުކޮށް ކުރަންޖޭހޭ މަސައްކަތަކީ  ޢިމާރާތެއްކުރުމުގެ މަސައްކަތެއްނަމަ، އެމަސައްކަތް ކުރުމުގައި ޢީމާރާތްކުރުމުގައި ސަލާމަތީގޮތުން ގެންގުޅެންޖެހޭނެކަމަށް ކަމާބެހޭ ވުޒާރާއިން  ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަޑުތަކާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތަށް ފުރިހަމައަށް އަޅަންވާނެއެވެ.

 

 

 

 

(ށ)

މިމާއްދާގެ (ހ)ގައި ބުނެފައިވާ މަސައްކަތުގެ އިތުރުން އެހިނިހެން މަސައްކަތް ކުރަންވާނީ އެކަށިގެންވާ ސަލާމަތީ ފިޔަވަޅުތަށް ފުރިހަމައަށް އަޅަންވާނެއެވެ.

މަސައްކަތް ނިމުން މަގު އަދި އިޖުތިމާއީސަރަހައްދު ސާފުކުރުން

  1. 19.    

 

(ހ)

 

 

 

(ށ)

މަގު އަދި އިޖުތިމާޢީ ސަރަހައްދު ބަންދުކޮއްގެން    ކުރެވުނު މަސައްކަތް ނިމުމުން އެމަގު އަދި އެސަރަހައްދު ރީތިކޮށް ކުނިކަހައި ސާފުކުރަންވާނެއެވެ. އަދި މަގުމަށްޗައް ސިމެންތި ފަދަ އެއްޗެހި އެޅިފައިވާނަމަ ނުވަތަ އެ މަސައްކަތުގެ ސަބަބުން މަގުމަތި ހަޑިވެފައިވާނަމަ އެތަނެއް ރަނގަޅަށް ސާފުކުރަންވާނެއެވެ.

މަގު ކޮނުމަށްފަހު ފަސްލާ ރަގަޅަށް ހަރުކޮށް، ފަސްގަނޑު ލެވަލްކުރަންވާނެއެވެ.

 

މިޤަވާއިދުގައި ނުހިމެނޭ ގޮތެއްގައި މަގު ބަންދުކުރުން

  1. 20.    

 

(ހ)

މިއުސޫލުގެ ދަށުން ހުއްދަދީފައިވާ ފަރާތަކުން މެނުވީ އާންމު މަގެއް ބަންދުކުރުމަކީ މަނާކަމެކެވެ.

ޤަޥާއިދާ ޚިލާފުވުން

  1. 21.    

 

(ހ)

މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރަތްތަކާ މެދު، މިއުސޫލުގައި ހިމެނިފައިވާ ކަނޑައަޅާފައިނުވާ ކަންކަމުގައި  ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.    

މާނަކުރުން

  1. 22.    

 

(ހ)

" ކައުންސިލު " މިއުސޫލުގައި ވަކިތަނެއްގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނާގެތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލެވެ.

" މަގު ބޯޑު " ކަމަށް ބުނެފައި އެވަނީ: މިކައުންސިލުން އެކަމަށް ދޫކުރުމަށް ޙާއްސަކޮށްފައިވާ ބޯޑަށެވެ.

" އިޖުތިމާޢީ ސަރަހައްދު " ކަމަށް ބުނެފައި އެވަނީ: މިކައުންސިލުން ކަނޑައަޅާފައިވާ ރަށުގެ އެކިއެކި ސަރަހައްދުތަކުގައިވާ ބިންތަކާއި ރަށުގެ ވަށާގެންވާ ބީޗްތަކެވެ.

29 އޮގަސްޓް 2021
ހޯދާ