މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ދަޢުވަތު

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                     ނަންބަރު: IUL/303-AS/2021/43                

އިޢުލާން

 

03 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ދަޢުވަތު

 

          2021 ވަނަ އަހަރު މިކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، ކުރިއަށްއޮތް އަހަރުގެ މިކައުންސިލް ބަޖެޓް ހުށަހެޅުމާއި، 2022 ވަނަ އަހަރު މިކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުން 2021 ސެޕްޓެމްބަރ 03، ހުކުރު ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް އޭވީ ރޫމްގައި އޮންނާނެވެ.

މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.

  • އުނގޫފާރު ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުން
  • އުނގޫފާރު ކައުންސިލުން 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުން
  • އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2021 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ވިޔަފާރިގޭގެ 2021 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2021 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2021 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ނަރުދަމާ ނިޒާމްގެ 2021 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް

           ވީމާ، މިބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް 2021 ސެޕްޓެމްބަރ 03 ވާ ހުކުރު ދުވަހުގެ ރޭ 20:30 އަށް އުނގޫފާރު ސުކޫލްގެ އޭވީ ރޫމަށް ވަޑައިގަތް ދެއްވުން އެދި އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

          21 މުޙައްރަމް 1442     

          29 އޮގަސްޓް 2021  

                                   

29 އޮގަސްޓް 2021
ހޯދާ