މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ސަޕޯޓްސްޓާފެއް (ވަގުތީ) ހޯދުމާ ހުޅޭ

މިސްކިތު ސަޕޯޓްސްޓާފެއް (ވަގުތީ) ހޯދުމަށް ކުރެވުނު ނަންބަރު (IUL)334/334/2021/33   (11 އޮގަސްޓް 2021) އިއުލާނުގައި އިދާރީ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް

މަސައްކަތު (މިސްކިތު މަސައްކަތު)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ މުއްދަތު

03 މަސްދުވަސް

ސެކްޝަން

ކޯޕަރޭޓް އެފެއަރޒް

މަޤާމް އޮތް އޮފީސް

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ.ހުރާގެ  މިސްކިތްތައް

ތަޢްލީމާއި ތަޖްރިބާ :

އަސާސީ ފެންވަރަށް، ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މުސާރަ :

3100.00ރުފިޔާ

ސަރވިސް އެލަވަންސް :

1000.00ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާއެއްގޮތަށް ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި މިސްކިތުގެ އިމާމް އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.
  2. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެންހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން (މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ގަބުރުސްތާންތައް ނުހިމެނެއެވެ.)
  3. މިސްކިތުގެ ވަޅުދިޔަހިއްކާ ސާފުކުރުން
  4. މިސްކިތު އިމާމުއަންގާގޮތެއްގެ މަތިން ކޮންމެދުވަހަކުވެސް މިސްކިތައްގޮސް ބިއްލޫރިލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައްފޮޅާ ސާފުކުރުން. އަދިހޮޅިބުރިތަކާއި ފަންކާތައް ކައުންސިލުން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.
  5. މުންނާރަށްއަރާ މުންނާރު ސާފުކުރުމުގެ މަސައްކަތް ކުރުން.
  6. މިސްކިތުގެފުރާޅަށްއަރާ ދިޔަދޮވިތައް ސާފުކުރުން.
  7. މިސްކިތުގެ މަތީބައިގައިހުންނަ ކުދިދޮރުތަކާއި ބިއްލޫރިތައް ސާފުކުރުން.
  8. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މިސްކިތު އިމާމުއަށާއި ކައުންސިލްގެ އިދާރާއަށް އަންގަމުން ދިއުން.
  9. ކައުންސިލްގެ އިދާރާއިންނާއި މިސްކިތު އިމާމު ހަމަޖައްސާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން
  10. މީގެއިތުރުންވެސް މިސްކިތާގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން

 

މަގާމުގެ ޝަރުތުތައް:

އަސާސީ ފެންވަރަށް، ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފައަށް އެދޭފޯމު (އެޕްލިކޭޝަން ފޯމު މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3- ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސިވިލްސަރވިސް ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢްތިރާޒެއް ނެތް ކަމުގެ ލިޔުން.

4- ވަޒިފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ. (އެޓެސްޓްކުރެވިފައިވާ)

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.(ގުޅޭނެ ނަމްބަރާއި އީމޭލް އެޑްރެހާއެކު)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ  12:00 ގެ ކުރިން ކ.ހުރާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް        [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2021 ސެޕްޓެމްބަރ 08 އާ 09 އާ ދެމެދު ކ.ހުރާ ކައުންސިލް އިދާރާގައެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ)  އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7775012 ނަންބަރަށެވެ. އީ-މެއިލް ކުރާނީ           [email protected] އަށެވެ.

21 މުޙައްރަމް 1443

29 އޮގަސްޓް 2021

 

29 އޮގަސްޓް 2021
ހޯދާ