ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ދިރާގު ކުޑަހަޓް ހިމެނޭބިން ކުއްޔަށް ދިނުމާބެހޭ.

               މިރަށުން ކުރިން ދިރާގަށް ކުއްޔަށް ދޫކުރި (ކުރީގެ ދިރާގު ކުޑަހަޓް) ބިމާއި، ބިމުގައިވާ ހަޓު ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްފަދަ ވިޔަފާރިއެއް ކުރުމަށް 05 (ފަހެއް) އަހަރު ދުވަހަށް މަހަކު -/2000 ރ (ދެހާސް ރުފިޔާ) އަށްވުރެ ކުޑަނުވާ އަގަކަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

 

               ވީމާ، މިބިމާއި، އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2021 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެމްބަރ 2021 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ކުއްޔަށްހިފަން ބޭނުންވެލައްވާ އަގު ހުށަހެޅުއްވުން އެދެމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

               21 މުހައްރަމް 1442

              29 އޮގަސްޓު  2021  

29 އޮގަސްޓް 2021
ހޯދާ