މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

01-            ސެކިއުރިޓީ ބަލަހައްޓާދޭނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1-               ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު -/10،000 ރުފިޔާއަށްވުރެ ބޮޑުނޫން އުޖޫރައެކެވެ.

2-               މުއްދަތު :1 އަހަރު ދުވަސް

3-               ޝަރުޠު : ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.

    ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

    އެފަދަކަމެއް ކުރުމަށް ޞިއްޙީ ގޮތުން ޤާބިލްކަން ހުރި މީހެއް ކަމުގައިވުން.

4-               ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގަންނަވާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ރަސްމީގަޑި ނިމުމުން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށުމާއި ހަމައަށެވެ.

5-               ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ.  ބަޖެޓަށް އަންނަ ބަދަލަކާއި ގުޅިގެން ޑިއުޓީ ގަޑިއާއި އުޖޫރަ އުނިކުރަން ޖެހިއްޖެނަމަ އެކަން ބިޑް ކާމިޔާބުކުރާ ފަރާތަށް އެންގޭނެއެވެ.

6-               މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 31 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރ 02 ވާ ބަރާސްފަތި ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއިން ދޫކުރާ ރަޖިސްޓަރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު  [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއިބެހޭ މައުލޫމާތު ދެވޭނެއެވެ.

7-               2021 ސެޕްޓެމްބަރ 07 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

8-               މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ނަމްބަރ 6/2013 ( ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު  ނަމްބަރ 18/2014 ) އަދިި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު  ( ނަމްބަރ 19/2014  އަމިއްލަ ފަރުދުންގެ ވިޔަފާރި )  ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

21 މުޙައްރަމު 1443 

29 އޯގަސްޓް 2021  

29 އޮގަސްޓް 2021
ހޯދާ