ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންޑޯރ ޖިމް ކުއްޔަށް ދޫކުރުން

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް، އިންޑޯރ ކްރިކެޓް ހޯލްގެ ފުރަތަމަ ބުރީގައިވާ ޖިމް ކުއްޔަށް ދޫކޮށް، ހިންގާނެ ފަރާތެއް ހޯދުމަށްއެދި އިއުލާންކުރަމެވެ.

ވީމާ ޖިމް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 9 ސެޕްޓެމްބަރ 2021ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައަޅެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ލިބޭނީ މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

     9676757

އީމެއިލް: [email protected]

 

29 އޮގަސްޓް 2021
ހޯދާ