ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭއިން އިންތިޒާމްކުރާ ސިލްސިލާ ޝޯ ތަކުގައި ބައިވެރިވުމާގުޅޭ

މިސެންޓަރުން އިންތިޒާމްކޮށްގެން ސަލްޓަން ޕާކުގައި ސިލްސިލާކޮށް ދިވެހި ފަންނުވެރިންގެ (ވިޝުއަލް އަދި ޕާރފޯމިން އާޓްސް ދާއިރާއިން) ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ޤަސްދުކުރެވިފައެވެ. މި ޝޯތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑެވެ. ހަވީރު ގަޑި ޙާއްޞަ ކުރެވިފައިވަނީ ކުޑަކުދިންނަށެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަންނުވެރިން [email protected] އަށް މެއިލް ފޮނުއްވުން އެދެމެވެ. އަދި މެއިލްގައި ތިރީގައި ދެންނެވިފައިވާ މަޢުލޫމާތުތައް ހިމެނުއްވުން އެދެމެވެ.

  1. ނަން
  2. ގުޅޭނެ ފޯނު ނަންބަރު
  3. ހުށަހަޅައިދޭ ޙަރަކާތުގެ ތަފްޞީލް

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

29 އޮގަސްޓް 2021
ހޯދާ