ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީ ކުރުމާގުޅޭ

އިޢުލާން

 

ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީ ކުރުމާގުޅޭ

                 ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުޞަތު މިރަށުގެ ދަނޑުވެރިންނަށް ވަނީ ހުޅުވާލެވިފައެވެ.

                 މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ތެރެއިން އެކުންފުނިން ގަންނަމުންދާނެއެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންވެސް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

                 ވީމާ އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީ ކުރުމަށްއެދޭ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމު ކެލާ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

29 އޮގަސްޓް 2021
ހޯދާ