އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އައްޑޫގައި ފިޔަވަޅުތައް އެޅުމާއި ގުޅޭ

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/320 (28 އޮގަސްޓް 2021) އެންގުމުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގ އަށް ލާފައިވެއެވެ. އަދި އެ އެޖެންސީގެ ނަންބަރު 23-L/426/2021/18 (28 އޮގަސްޓް 2021) ސިޓީން އަންނަނިވި ފިޔަވަޅުތައް ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި އެޅުމަށް ދަންނަވާފައި ވެއެވެ. އެގޮތުން؛ 320/2021/IQ-23

  1. އާއްމުކޮށް ބާއްވާ އެއްވުންތަކާއި ޕާޓީތައް ބޭއްވުން 02 ހަފްތާއަށް މެދުކަނޑާލުން.
  2. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ސްކޫލްތައް 02 ހަފްތާއަށް ބަންދުކުރުން. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވާ ގޮތެއްގެމަތިން ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިއުން.
  3. 2021 އޮގަސްޓް 29 ވަނަ ދުވަހުން ފެށިގެން، ކޮންމެ ދުވަހަކު 21:00 އިން ފަތިހު 04:00 ގެ ނިޔަލަށް، ކާފިއު ވަގުތު ކަމުގައި ހަމަޖައްސައި، މިވަގުތު ތަކުގައި ބޭރަށް ނިކުތުން މަނާވުން. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ އައްޑޫ އީ.އޯ.ސީގެ ހުއްދައާއެކު ބޭރަށްދިއުން.
  4. ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 21:00 ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތް ދިނުމާއި، އަދި 00:00 އާ ހަމައަށް ދެންނެވުނު ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން.
  5. ފިހާރަތަކުން 21:00 ގެ ނިޔަލަށް ހުޅުވައިގެން ހިދުމަތްދިނުމާއި، އަދި 22:00 ގެ ނިޔަލަށް ޑެލިވަރީގެ ޚިދުމަތްދިނުން.

މީގެ އިތުރުން، 2021 އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީން ފުރާ އެންމެންގެ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް އެޅިފައިވާ އެންމެހައި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަންނަވާފައި ވެއެވެ. މޮނިޓަރިންގ ހާލަތުގައި އާއްޑުއިން ދަތުރުކުރެވޭނީ އައްޑޫ އީ،އޯ.ސީގެ ހުއްދަ ލިބިގެން ކަމުގައި ވެސް ދެންނެވީމެވެ.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

21 މުޙައްރަމް 1443

28 އޮގަސްޓް 2021
ހޯދާ