އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައި ލޭޒަރ ލައިޓް ބޭނުން ނުކުރުން

 

މޯލްޑިވިއަންގެ ފްލައިޓް Q2-106 ފްލައިޓް އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ މަރުޙަލާ ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ފެހިކުލައިގެ ލޭޒަރ އައްޔެއް މަތިންދާ ބޯޓަށް އެޅިފައިވާ ކަން، އެ ކުންފުނިން މި އިދާރާއަށް ވަނީ އަންގާފައެވެ.

މަތިންދާ ބޯޓް ނައްޓާލާ އަދި ޖައްސަން ތައްޔާރުވާ މަރުޙަލާ އަކީ، މުހިއްމު އަދި ވަރަށް ނާޒުކު މަރުޙަލާއެކެވެ. މިފަދަ ވަގުތުތަކުގައި މަތިންދާ ބޯޓަށް ލޭޒާ އަލި އެޅުވުމަކީ އެކަމުގެ ސަބަބުން، ކޮކްޕިޓަށް އެ އަލި އެޅުމުގެ ފުރުޞަތު ބޮޑުވެ، ކޮންޓްރޯލްގައި ތިބޭ ޕައިލެޓުންގެ ފެނުމަށް ބުރޫ އަރާ މަތިންދާބޯޓްގެ ކޮންޓްރޯލް ގެއްލިދާނެ ކަމެކެވެ. އަދި ހަމައެއާއިއެކު، އެކަމުގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް މެދުވެރިވެދާނެ ފަދަ ކަމެއް ވެސްމެއެވެ.

އެހެންކަމުން، ލޭޒަރ އަލި ނުވަތަ އެފަދަ ވަޞީލަތްތައް އެއަރޕޯޓާއި ކައިރި ސަރަޙައްދުތަކުގައި ބޭނުންނުކުރުމަށާއި، ޚާއްޞަކޮށް ފްލައިޓް ދަތުރުކުރާ ވަގުތުތަކުގައި ލޭޒަރ ލައިޓް ބޭނުންނުކުރުމަށް އެދި އިލްތިމާސް ކުރަމެވެ.

                   17 މުޙައްރަމް  1443

25 އޮގަސްޓް 2021
ހޯދާ