ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭކުރެންދޫ ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރ ސިސްޓަމުން ޢާއްމުންނަށް ޙިދުމަތް ދިނުމުގެ އުސޫލު 2021

  1. ތަޢާރަފް:

(ހ) މި އުސޫލަކީ ނޭކުރެންދޫ ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރ ސިސްޓަމުން ޢާއްމުންނަށް ޙިދުމަތް ދިނުމުގެ އުސޫލެވެ.

(ށ)މި އުސޫލަށް ކިޔަނީ " ނޭކުރެންދޫ ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރ ސިސްޓަމުން ޢާއްމުންނަށް ޙިދުމަތް ދިނުމުގެ އުސޫލު " އެވެ.

2. ޢަމަލުކުރަން ފަށާ ތާރީޚް:

(ހ) މިއުޞޫލަށް ޢަމަލުކުރަންފަށާނީ މިއުޞޫލް ނޭކުރެންދޫ ކައުންސިލުން ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

3. އާއްމު ބައިތައް:

(ހ) ޚިދުމަތް ދެވޭނެ ގަޑިތައް ތިރީގައި އެވަނީއެވެ.

ރަސްމީ ގަޑި

ނުރަސްމީގަޑި

ހެނދުނު 8:00ން މެންދުރުފަހު 2:00އަށް

ހެނދުނު 6:00 ން 8:00އަށް

މެންދުރު ފަހު 2:00ން ރޭގަނޑު 9:00އަށް

 

 

(ށ) ނަމާދުވަގުތުތަކުގައި ގޮވައިދިނުމުގެ ޚިދުމަތެއް ނުދެވޭނެއެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި މިޚިދުމަތް ދިނުމަށް ފީ ނަގާނީ ނުރަސްމީ ގަޑީގައި ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ރޭޓުން އެ ގަޑިތަކުގައެވެ.

(ނ) ޚިދުމަތްދެވޭނީ ) ދެންނެވުންތައް ދެންނެވޭނީ(  ކައުންސިލް އިދާރާއަށް ދުރުވެ ހިދުމަތައްއެދޭ ފޯމް ފުރުމަށްފަހު ކަނޑައެޅިފައިވާ ފައިސާ ދެއްކުމަށްފަހުގައެވެ.

 

 

ތަފްސީލް

ރަސްމީގަޑި

ނުރަސްމީގަޑި

ތަކުރާރުކުރުމަށް

އަމިއްލަފަރާތްތައް

10ރުފިޔާ

20ރުފިޔާ

އިތުރަށް 5ރުފިޔާ

ރަށުގައިހިންގާ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް

15ރުފިޔާ

25ރުފިޔާ

އިތުރަށް 10ރުފިޔާ

ރަށުން ބޭރު ވިޔަފާރިތައް

25ރުފިޔާ

35ރުފިޔާ

އިތުރަށް 15ރުފިޔާ

ކުންފުނިތައް

50ރުފިޔާ

100ރުފިޔާ

އިތުރަށް 25ރުފިޔާ

ރަށުގެ މުއައްސަސާތައް އަދި ކުލަބް ޖަމްޢިއްޔާ/ޖަމާޢަތްތައް

ހިލޭ

 

(ރ) ކޮންމެ ގޮވުމެއްގެ އިބާރާތް ފަސްފަހަރު ގޮވައިދެވޭނެއެވެ.

(ބ) އެއްކަމެއްގައި ގިނަވެގެން އެކަކަށް ގޮވައިދެވޭނީ ދަންފަޅިއަކު ތިންފަހަރުއެވެ.

(ޅ) ސިޔާސީ އެއްވެސް ހަރަކާތަކަށް މި ހިދުމަތް ފޯރުކޮށެއް ނުދެވޭނެއެވެ.

(ކ) މި އުޞޫލަށް އަމަލުކުރަން ފެށުމާއިއެކު ޚިދުމަތްހޯދުމަށް ގުޅަންޖެހޭ ނަންބަރު ކައުންސިލުން އާއްމުކުރަންވާނެއެވެ.

4. މި އުޞޫލަށް ބަދަލުގެނައުން:

މިއުޞޫލަށް ބަދަލު ގެނެވޭނީ، އެބަދަލެއް މި އުޞޫލުގައި ހިމެނުމަށްފަހު، ނުވަތަ އިސްލާޙް ކުރުމަށްފަހު ނޭކުރެންދޫ ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

28 އޮގަސްޓް 2021
ހޯދާ