މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ދެކުނުފަރާތު މޫދަށް އެރޭ ސަރަހައްދުގެ ހޭޅިން ގަސް ކޮށުމާއިގުޅޭ

 

އިޢުލާން

މިރަށު ދެކުނުފަރާތު މޫދަށް އެރޭ ސަރަހައްދުގެ ހޭޅިން ގަސް ކޮށުމާއިގުޅޭ

މިރަށު ދެކުނުފަރާތު މޫދަށް އެރޭ ސަރަހައްދު (ނައިބުކަލޭފާނުމަގުގެ އިރުމަތިން ކުނިކޮށްޓާ ހަމައަށް) ހިމެނޭ ސަރަހައްދުގައި އިންދާ ހައްދާ ގަސްތަކާއި އަދި ހޭޅީގައި ހެދޭ ގަސްތަކާއި މި ސަރަޙައްދު ޒީނަތްތެރިކުރުމަށް އަމިއްލަ އިސްނެގުމުގެ މަތިން މި ސަރަޙައްދު ބަލަހައްޓާ ހެޔޮއެދޭ ފަރާތްތަކުން އިންދާ ހައްދާ އެކި ބާވަތްތަކުގެ ގަސްތައް ކެނޑުމާއި އުފުރުމާއި، އެފަދަ ގަސްތަކަށް ގެއްލުން ލިބޭގޮތަށް ޢަމަލުކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރަށުގެ ހޭޅިފަށުގެ ސަރަހައްދުގައި އިންދާ، ހެދިފައިވާ ގަސްތަކަކީ، ތިމާވެށި ޙިމާޔަތް ކުރުމާއިބެހޭ ޤާނޫނާއި ޤަވާއިދުތަކުން، އެފަދަ ގަސް ރުއް ކެނޑުމާއި ދަރަށް ކޮށުމަށް ހުއްދަކުރެވޭ ކަމަކަށް ނުވާތީ، މަތީގައި ދެންނެވިފައިވާ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރެއްވުމަށް ދަންނަވަމެވެ. އަދި މި ރަށުގެ ދެކުނުފަރާތު މޫދަށް އެރޭ ސަރަހައްދުގައިވާ ގަސްތަކަށް ގެއްލުންވާ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އަންގާ ނަޞޭހަތްތެރިވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

                       18 މުޙައްރަމް 1443

26 އޮގަސްޓް 2021
ހޯދާ