ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ޤަބުރުސްތާނު ސާފުކުރުމާ ގުޅޭ

ނަންބަރު: (IUL)262/262/2021/49

           

އިޢުލާން

 

 ޤަބުރުސްތާނު ސާފުކުރުމާ ގުޅޭ:

 

            ޤަބުރުސްތާނު ވަށާފާރު ރޭނުމަށްޓަކައި ގަބުރުސްތާނު ވަށައިގެންވާ މަގުތަކުގެ ކައިރިން ފެށިގެން އިމުގެ ތެރޭގައިވާ ބޮޑެތި ގަހާއި ރުއްތައް ނަގައި ބިން ސާފުކުރުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިވާ މަޢުލުމާތާއި އެއްގޮތައް ސަހަރާ ސާފުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ޤަބުރުސްތާނު ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް:

  1. ޤަބުރުސްތާނުގެ އިމުތެރޭގައިވާ ރުއްގަސްނަގައި (ރުއްގަހުގެ ބުޑާއިއެކު) ބިން ސާފުކޮށް، ކުނިއެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދަށް އުކާލުން.
  2. ޤަބުރުސްތާނުގައިވާ ކުރީގެ ފާރުތައް ނަގައި ބިންސާފުކޮށް، ގައުތައް ކައުންސިލުން ކުނިއެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް އެޅުން.
  3. ރުއްގަސް ނަގައި ވަޅުގަނޑުތަކާއި އެނޫންވެސް އަޑިކުޑަންތައް އެއްވަރުކޮށް، ބިން ސާފުކުރުން.

 

މިމަސައްކަތް ކުރުމަށް އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް:

  1. ހުށަހަޅާ އެންމެ ކުޑަ އަގު %90 (ބެންޗް މާރކް)
  2. ތަޖްރިބާ   (ބެންޗު މާރކް)، ދާއިރާއާ ގުޅުން ހުރި މަސައްކަތް ނިންމިކަމުގެ ކޮންމެ ލިޔުމަކަށް %1، ގިނަވެގެން %5
  3. އެންމެ ކުރުމުއްދަތު   (ބެންޗު މާރކް)

އަންދާސި ހިސާބާއި އެކު ކުންފުނި/އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އާއި އައިޑީ ކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

                  ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިއުލާން ކުރީމެވެ.

26 އޮގަސްޓް 2021
ހޯދާ