ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެލްޑަރ

ވެލްޑަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް
ވަޒީފާއަދާކުރަންޖެހޭ ތަން: ތިލަފުށި

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މޭސަނަރީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލައިސެންސެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ވެލްޑިންއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކޯޕަރޭށަނުން ހިންގާ ޕްރޮޖެކްތަކުގެ ވެލްޑިންއާ ގުޅުންހުރި މަސައްކަތްތަކާއި މަރާމާތުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ވެލްޑިންގް މަސައްކަތްތަކައް ބޭނުންކުރާ އިކުއިޕްމެންޓްތަކާއި މެޝިނަރީތައް ސަރވިސްކޮށް / މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން.
- އެކުގައި މަސައްކަތްކުރާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.
- ޕްރޮޖެކްޓްތަކާއި ހަވާލުކުރެވޭ މަސައްކަތްތަށް ދެވޭ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ނުވަތަ ކާޕެންޓްރީ، މޭސަނަރީ އަދި ޕްލަންބިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 12500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355353 އަށް ގުޅާލައްވާ.

ލިންކު: ( https://rb.gy/auwcsh )

 

26 އޮގަސްޓް 2021
ހޯދާ