މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހުރި ބައެއް ތަކެތި ނީލަން ކިއުމާބެހޭ

އިޢުލާން

 

މިކުންފުނީގައި ހުރި ބައެއް ތަކެތި ނީލަން ކިއުމާބެހޭ

 

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 01 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހުގެ 11:00 އަށް މިކުންފުނީގެ އޮފީހަށް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 04 ސެޕްޓެމްބަރު 2021 ވާ ހޮނިހިރު ދުވަހުގެ 11:00 އަށް މިކުންފުނީގެ އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް ގެންނަވަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާ އަދި ނީލަން ކިއުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

26  އޯގަސްޓް 2021

26 އޮގަސްޓް 2021
ހޯދާ