މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)އަށް، 2022 ވަނަ އަހަރަށް އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  އެގޮތުން ފޯރުކޮއްދޭންޖެހޭ އިންޝުއަރެންސްތަކަކީ 'އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން' އިންޝުއަރެންސް، 'އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ' އިންޝުއަރެންސް އަދި 'ޓެރަރިޒަމް' އިންޝުއަރެންސްއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 5 ވާ އާދިއްތަދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ސެޕްޓެންބަރު 29 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެންބަރު 29 ވާ ބުދަދުވަހުގެ ހެދުނު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

26 އޮގަސްޓް 2021
ހޯދާ