ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިންނަށް ޔުނިވަރސިޓީގެ ފަރާތުން އަރުވާ ހަނދާނީ ފިލާ (ޕްލާކް/ޝީލްޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށްޒިޔާރަތް ކުރައްވާ އިއްޒަތްތެރިންނަށް ޔުނިވަރސިޓީގެ ފަރާތުން އަރުވާ ހަނދާނީ ފިލާ (ޕްލާކް/ޝީލްޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ:

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިންނަށް ޔުނިވަރސިޓީގެ ފަރާތުން އަރުވާ ހަނދާނީ ފިލާ (ޕްލާކް/ޝީލްޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުމުގެ ބައްދަލުވުން

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

01 ސެޕްޓެމްބަރ 2021ގެ 13:00 އަށް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

05 ސެޕްޓެމްބަރ 2021ގެ 12:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

07 ސެޕްޓެމްބަރ 2021ގެ 11:00 އަށް

  

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

26 އޮގަސްޓް 2021
ހޯދާ