މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސިނިއަރ މެނޭޖަރ، ޕްރޮކިއުމަންޓް

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ މެނޭޖަރ، ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/8750 ރުފިޔާ ( އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/3750 ރުފިޔާ (ތިންހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ޕްރޮކިއުމަންޓް ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް އޮތުން ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 5 ގެ ފާހެއް އޮތުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ؛
  • އެސިސްޓަންޓް މެނޭޖަރ ނުވަތަ އެފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

  • ޕްރޮކިއުމެންޓްގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން
  • އަހަރީ ޕްރޮކިއުމެންޓް ޕްލޭން ތަތްޔާރުކުރުން
  • ޕްރޮކިއުމެންޓް ބަޖެޓް އެކުލަވާލުން
  • ޕްރޮކިއުމެންޓް ޕްލޭންއަށް އަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ދުވަހުގެ މަސައްކަތްތައް ތަންފީޒު ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޕްރޮކިއުމެންޓް ދާއިރާއިން ގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކުރެވޭ އިންޓަރވިއުއިން  ފާސްވުމާއި އެކު ދެވޭ ޕްރެކްޓިކަލް އެގްޒާމް އިން ފާސްވުން
  • ޕްރެޒެންޓޭޝަން ސްކިލްސްހުރި ފަރާތަކަށްވުން
  • ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު
  • ތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން.
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 31 އޮގަސްޓް  2021 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

  • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
26 އޮގަސްޓް 2021
ހޯދާ