އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މަތިވެރީގައި ހަދަމުންދާ ވޮލީކޯޓަށް ބޭނުންވާ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

އއ. މަތިވެރީގައި ހަދަމުންދާ ވޮލީކޯޓަށް ބޭނުންވާ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދުން.

މިރަށުގައި ހަދަމުންދާ ވޮލީކޯޓަށް ބޭނުންވާ ތަކެތި އަމިއްލަޚަރަދުގައި މަތިވެރީ ބަނދަރަށް ގެނެސް ބަނދަރަށް ޖަމާކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ތިރީގައި މިވާ ލިސްޓްގައި ހިމެނޭ އެންމެހާ ތަކެތި ރަށުގެ ބަނދަރަށް ގެނެސް ބާލާ ޖަމާ ކޮއްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

#

ޢަދަދު

ބާވަތް

ސައިޒް

#

ޢަދަދު

ބާވަތް

ސައިޒް

1

12

ބޮނޑި ވެލްޑިން ރޮޑް 2 ކިލޯގެ

26.mm

8

250

ފޫޓް ރެޑްމެރެންޓީ  ހަރު ލަކުޑި ފަތި

 2”x1.5”

2

230

ބަސްތާ ސިމެންތި

50.kg

9

360

ހިލަވެލި

50.kg

3

20

ކިލޯ ބަންނަ ނަރު

 

10

540

ހިލަ

50.kg

4

15

ޕްލައިވޫޑް ބްރައުން ފިލްމް

12.mm

11

215

ދަގަނޑު

10.mm

5

1

ފޮށި ކަޅުއިސްކޫރު

2”x7

12

35

ރިންގް ދަގަނޑު

6.mm

6

10

ދަގަނޑު ހޮޅި

1.5”x5.8mt x2.mm

13

5

ރޯލް ދައު ފެންސް (ދާފަރަލާފައި)

2”x6’x50’

7

400

ކޮޗޭ އިސްކޫރު   ވޫޑް

3”

14

10

ކިލޯ ދައު އައްސާ ނަރު (ދާފަރަ ލާފައި)

 

 

 

 

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                             1443 މުޙައްރަމް 17                  

                  25 އޮގަސްޓް 2021

25 އޮގަސްޓް 2021
ހޯދާ