މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕިކް ޕޯސްޓް ސްޓޭޝަން ޤާއިމް ކުރުމަށް ލިބިފައިވާ ސައިޓްގައި ކުރަންންޖެހޭ މަސައްކަތް

 1.      ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

ޕިކް ޕޯސްޓް ސްޓޭޝަން ޤާއިމް ކުރުމަށް ލިބިފައިވާ ސައިޓްގައި ކުރަންންޖެހޭ މަސައްކަތް

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ  14:00އަށް ޤައުމީ ދާރުލް އާޘާރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ސެޕްޓެމްބަރ 2021ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

ބިޑް މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުންނާއި އަދި ބިޑް ހުށަހަޅާފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުޞޫލްތަކާއި ބިޑްގައި ހިމަނުއްވަންޖެހޭ ބައެއް މައޫލޫމާތު ތިރީގައި ބަޔާންކުރެވިފައިވާނެ އެވެ.

 

  1. މަޢުލޫމާތު ދިނުން:  ތާރީޚް 30 އޮގަސްޓް 2021  ގަޑި:14:00

އެޑްރެސް/ތަން: ޤައުމީ ދާރުލް އާޘާރު

 

2.1 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް 02 ސެޕްޓެމްބަރ 2021   ސުން ގަޑި:14:00

އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

3. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:

3.1 މަސައްކަތުގެ އަގު: – 20 ޕޮއިންޓް

3.2 މުއްދަތުގެ އަވަސް މިނަށް – 15 ޕޮއިންޓް

3.3 މަސައްކަތުގެ ތަޖުރިބާ – 40 ޕޮއިންޓް

3.4 ވޮރަންޓީ އަދި އާފްޓަރ ސޭލްސްސާވިސް އެންމެ ދިގުމުއްދަތަށް: 25 ޕޮއިންޓް

4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

 

4.1  ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން

4.2 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.

4.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުން

 

5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން

5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް

5.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މުދަލާ ޚިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

5.4 ދެފަރާތަކުން ގުޅިގެން ބިޑް/ޕްރޮޕޯރސަލް ހުށަހަޅާނަމަ އެފަރާތެއްގެ މަޢުލޫމާތާ ވަނަވަރު

5.5 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު  ފޯރމު.

 

6. ބީލަން ބާތިލުވުމާ ބެހޭ މަޢުލޫމާތު

6.1 ދޮގުމަޢުލޫމާތު ދީފައިވާ ބީލަންތައް

6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން

6.4 ބީލަން ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށްވުން.

6.5 ބިޑް ހުށަހަޅާ ފަރާތުން ސޮއިކޮށްފައިވާ " ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.

 

7. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.

7.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު  ނެގޭނެ ގޮތް

7.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން

7.3 މީގެ އިތުރުން މުހިންމު ކަންތައްތައް

 

8. އިތުރު މަޢުލޫމާތު.

8.1 ބީލަމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.

8.2 ބީލަމުގެ އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ.

 

23 އޮގަސްޓް 2021
ހޯދާ