މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - HP Virtual connect switch

 

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 03 އޮގަސްޓު 2021 ގައި ކުރި ނަންބަރު (IUL)220-AS/1/2021/60 ފުރަތަމަ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު ސްވިޗް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

  • 01 Nos HP Virtual connect switch

ވީމާ، ދެންނެވުނު ސްވިޗް ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

01 ސެޕްޓެންބަރު 2021

ބުދަ

15:00

 

 

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު :  3339513 / 3020478 އަށް ގުޅުއްވުން އެދެމެވެ.

 

 

25 އޮގަސްޓް 2021
ހޯދާ