މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
COMSATS University Islamabad (CUI) Courses 2022

ޕާކިސްތާނުގެ ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދު (ސީ.ޔޫ.އައި) ގެ 2022 ވަނަ އަހަރު ސްޕްރިންގް (ފެބްރުއަރީ 2022)  ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ  ޕްރޮގްރާމްތަކުގައި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މި ސްކީމްގެ ދަށުން ބެޗްލަރސް ޑިގްރީ،  މާސްޓަރސް ޑިގްރީ، އަދި ޕީ.އެޗް.ޑީ ފުރިހަމަ ކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.

 

މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

http://ww3.comsats.edu.pk/internationalstudents

 

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 15 ޑިސެންބަރު 2021 ގެ ނިޔަލަށް                  

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

25 އޮގަސްޓް 2021
ހޯދާ