މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ލޭބަރ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެ

އިޢުލާން 

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ލޭބަރ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް

ލޭބަރ

ބޭނުންވާ އަދަދު

01

މުއްދަތު

01 އަހަރު

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރު ބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު:

08 ގަޑީއިރު (ހެނދުނު 08:00 ން މެންދުރު 12:00 އަދި 13:30 އިން 15:00)

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

މުސާރަ

3300 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ސާރވިސް އެލަވަންސް 1000 ރުފިޔާ

ރިސްކް އެލަވަންސް 1200 ރުފިޔާ

މަޤާމުގެ އަސާސީ ޝަރުތު:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރުން

2- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭ ގޮތައް ބަގީ ހުސްކުރުން.

2- ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން.

3- ބަގީއަށް ދިމާވާ އެކިއެކި މަސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމިލީގޮތުން މަސައްކަތް ކުރުން.

4- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން.

5- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ޤަވާއިދުން ކުނި ނެގުމާއި، ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން.

6- ވެމްކޯއިން ކުނި އުފުލަން އަންނަ ދުވަހު، ރަށު ގޮނޑު ހުސްކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަޖުރިބާ  އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 ސެޕްޓެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޯގަސްޓް 2021

 

25 އޮގަސްޓް 2021
ހޯދާ