އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ އާއި ފެނުގެ ހިދުމަތް ގުޅައިދިނުމަށް އެދޭ ފޯމް ހުށަހެޅުމާ ގުޅޭ

ނަރުދަމާ އާއި ފެނުގެ ހިދުމަތް ގޭގެއަށާއި އިންސްޓިޓިއުޓްތަކަށް (ރަށުގައިހުރި ދައުލަތުގެ މުއައްސަސާތަކަށް) ގުޅައި ދިނުމަށް އެދޭ ފޯމް 24 އޮގަސްޓް 2021 އިން ފެށިގެން 23 ސެޕްޓެމްބަރު 2021 ދުވަހުގެ 14:00 ގެ ނިޔަލަށް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ނަރުދަމާ އާއި ފެނުގެ ހިދުމަތް ގޭގެއަށް ގުޅައި ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ގޯތި ތަކަށެވެ.

-          ރާނާ ހިޔާކޮށްފައިވާ ގެއެއް ހުރި ކޮންމެ ގޯއްޗެއް

-          އިމާރާތް ކުރުމަށް ފައުންޑޭޝަން އަޅާ މަސައްކަތް ފަށާފައިވާ ކޮންމެ ގޯއްޗެއް

-          ދައުލަތުގެ މުއައްސަސާ ތަށް

-          ކްލަބް ޖަމިއްޔާގެތަކުގެ އިމާރާތްތައް

"ފެނުގެ ހިދުމަތަށް ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް" ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.  

ވީމާ، ނަރުދަމާގެ ހިދުމަތާއި ފެނުގެ ހިދުމަތް ގޭގެ އަށް ގުޅުމަށް އެދިލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރު 2021 ދުވަހުގެ 14:00 ގެ ކުރިން، "ފެނުގެ ހިދުމަތަށް ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

25 އޮގަސްޓް 2021
ހޯދާ