ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ތިނަދޫ ކެމްޕަހުގައި ނަންބޯޑާއެކުގައި ފަންވާރެއް ހަދާދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނަންބޯޑާއި އެކުގައި ފަންވާރެއް ހެދުން

ތިނަދޫ ކެމްޕަހުގައި ނަންބޯޑާއެކުގައި ފަންވާރެއް ހަދާދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު 153-TC/2021/02 (08 އޮގަސްޓް 2021) އިޢުލާނަށް އެކަށީގެންވާވަރަށް އިޖާބަ ދީފައިނުވާތީ، އެ ޢިއުލާން ބާތިލްކޮށް އެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 6 ސެޕްޓެމްބަރު 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި ތިނަދޫ ކެމްޕަހުގެ އޮފީހަށް ވަޑައިގެން މައުލުމާތު ކަރުދާސް ނެންގެވުމަށްފަހު، 09 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް ކެމްޕަހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަންނަން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ވެސް މަޢުލޫމާތައްޓަކައި ދެންނެވީނެވެ.

17 މުހައްރަމް 1443

25 އޮގަސްޓް 2021
ހޯދާ