ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް އިދާރާގައި ހުރި ބައު ތަކެތި ނީލަން ކިޔުން

މި ކައުންސިލްގެ އިއުލާން ނަންބަރު: 2021/22 (23 އޮގަސްޓް 2021) ގެ އިއުލާން ބާތިލްކޮށް، އަތޮޅުގެ  ރަށްރަށުން ވީހާވެސް ގިނަ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަލުން އިއުލާން ކުރަމެވެ.

ހދ. އަތޮޅު ކައުންސިލުގައި ހުރި ބައެއް ބައު ތަކެތި ނީލަންކިއުން، 04 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ 10:00 ގައި މިއިދާރާގެ ގޯތި ތެރޭގައި އޮންނާނެއެވެ. މި ނީލަމުގައި ހިމެނޭ ބައެއް ތަކެތީގެ ތެރޭގައި، ކޮމްޕިއުޓަރު ސިސްޓަމް، ލަކުޑި ކަބަޑު، އެއަރ ކަންޑިޝަނަރ ފަދަ ތަކެތި ހިމެނެއެވެ.

ވީމާ، މި ނީލަމުގައި މި އަތޮޅުގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެދެއްވުން އެދެމެވެ.

25 އޮގަސްޓް 2021
ހޯދާ