ދިވެހިރާއްޖެ
ޢިއުލާން
ރިސާރޗް ޑިވެލޮޕްމަންޓް އޮފީހާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން WHOގެ އެހީއާއިއެކު ކުރިއަށްގެންދާ ސްޓެޕްސް ސާރވޭއަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. ސްޓެޕްސް ސާރވޭއަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރިވަރު ދެނެގަތުމަށް ކުރެވޭ ސާރވޭއެކެވެ. ސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި މާލެ އަތޮޅުގައެވެ. މިސާރވޭ ކުރިއަށް ގެންދެވޭނީ މިކަމުގެ ތަމްރީން ދިނުމަށްފަހުގައެވެ. ވީމާ މިކަމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12.00ގެ ކުރިން މިސެންޓަރ އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ފޮނުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިސެންޓަރުގެ ނަމްބަރު 3345424 އަށް ގުޅުއްވުން އެދެމެވެ.
އެނިއުމަރޭޓަރުގެ ޝަތުރު: އެލައިޑް ހެލްޓް ކައުންސިލްގައި ރެޖިސްޓްރީވެފައިވާ
- ފަބްލިކްހެލްތް ދާއިރާގެ މީއަހަށްވުން ނުވަތަ
- ރެޖިސްޓަރޑް ނަރސް ނުވަތަ
- ލެބޯރެޓޮރީ ޓެކްނީޝަން
17 މުޙައްރަމް 1442