ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް "އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކީންގ އިން ދަ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އޮފް މޯލްޑިވްސް" މި ޕްރޮޖެކްޓް ހިންގައި މެނޭޖްކުރުމާއި މި ޑޭޓާބޭސް ޑިވެލޮޕް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

(IUL)196-C/1/2021/48 : ނަންބަރު                                                

                             އިޢުލާން

 

މި އޮފީހަށް "އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކީންގ އިން ދަ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އޮފް މޯލްޑިވްސް" މި ޕްރޮޖެކްޓް ހިންގައި މެނޭޖްކުރުމާއި މި ޑޭޓާބޭސް ޑިވެލޮޕް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުމާއި މަޢުލޫމާތު ދިނުން: 06 ސެޕްޓެންބަރު 2021، 11:00 އަށް
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 15 ސެޕްޓެންބަރު 2021، 11:00 އަށް

 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

 

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

                          17 މުޙައްރަމް 1443

25 އޮގަސްޓް 2021
ހޯދާ