މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭން، ފައިނޭންޝަލް ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާ ގުޅޭ

މިރަށުގެ ލޭންޑް ޔޫސް ޕްލޭނާއި، މިކައުންސިލްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤި ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދުމަށް މި އިދާރާއިން ކުރި އިއުލާނު ނަންބަރ: (IUL)368-AS/368/2021/29 ބާތިލު ކުރުމަށްފަހު މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް މި އިދާރާއިން ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

                                       

ރަޖިސްޓަރީ ކުރުން: ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން،  29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.

ރަޖިސްޓަރީ ކުރުމަށް އެދި ހުށައަޅާއިރު އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކުންފުނި/ވިޔަފާރިއެއްނަމަ ރަޖިސްޓަރީގެ ކޮޕީ ހުށައަޅަންވާނެއެވެ.

 

މައުލޫމާތު ކަރުދާސް ދޫކުރުން: މި މަސައްކަތަށް ޝަރުތު ފުރިހަމާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީ ކުރުމަށް އޮތް މުއްދަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ ކުރިން، އީމެއިލް މެދުވެރިކޮށް މައުލޫމާތު ކަރުދާސް ފޮނުވާނެއެވެ.

          

ޕްރޮޕޯސަލް ހުށައެޅުން: ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ 08 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 އެވެ. ޕްރޮޕޯސަލް ހުށާއެޅުމަށް ދީވަފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ޕްރޮޕޯސަލް ހުށައަޅާނީ  އީމެއިލް މެދުވެރިކޮށް މި އިދާރާގެ އީމެއިލް [email protected] އަށެވެ.

 

އިތުރު މައުލޫމާތު: މި މަސައްކަތާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

24 އޮގަސްޓް 2021
ހޯދާ