މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Tsuha Global Fellows Program – University of Western Australia

Tsuha Global Fellows Program – University of Western Australia

 

       އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ވެސްޓަން އޮސްޓްރޭލިޔާގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ސުވާ ގްލޯބަލް ފެލޯސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އޮތް ކަމަށް އެޔުނިވަރސިޓީގެ ފަރާތުން ވަނީ އަންގާފައެވެ. މި ފެލޯޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސުވާ ގްލޯބަލް ފެލޯސް ޕްރޮގްރާމްގެ ދަށުންނެވެ.

 

މި ފެލޯޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ އިންފޮމޭޝަން ޝީޓެއް މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. އަދި މިފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 1 ސެޕްޓެމްބަރ 2021 އެވެ.

       

ވީމާ، މި ފެލޯޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ އީމެއިލަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

[email protected]

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

24 އޮގަސްޓް 2021
ހޯދާ