މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ކޮމިއުނިކޭޝަން ނިޒާމް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިއިދާރާގެ ކޮމިއުނިކޭޝަން ނިޒާމު ތަރައްޤީ ކުރުމަށްޓަކައި ސާވަރ ރޫމްގައި ކުރަންޖެހޭ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި 2 (ދޭއް) އިޢުލާނަށް ((IUL)304-MS/304/2021/81 އަދި ((IUL)304-MS/304/2021/81 ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

26 އޯގަސްޓް 2021

ބުރާސްފަތި

11:00

ޕްރޮޕޯސަލް

29 އޯގަސްޓް 2021

އާދީއްތަ

13:00

 

ޕްރޮޕޯސަލް ހުށައެޅުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ (ކުންފުނި، ޕާޓްނަޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.     

އިތުރު މަޢުލޫމާތު

އަގު

65%

ތަޢުލީމާއި، ތަޖުރިބާ

5%

ޕްރޮޕޯސަލް

20%

މުއްދަތު

10%

  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތް ކޮށްފައިވާތާކުން އެތާގެ ލެޓަރހެޑުގައި ލިޔެ އެތާގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށައެޅުމުންނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

16 މުޙައްރަމް 1443

24     އޯގަސްޓް 2021

24 އޮގަސްޓް 2021
ހޯދާ