ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ސީލިންގ އަދި ބިއްގަނޑު ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށް ފުރާޅުންވާރޭވެހޭ ތަންތަން ބެއްދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ ސީލިންގ އަދި ބިއްގަނޑު ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށް ފުރާޅުންވާރޭވެހޭ ތަންތަން ބެއްދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  1. މި ސްކޫލްގެ ސީލިންގ އަދި ބިއްގަނޑު ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށް ފުރާޅުންވާރޭވެހޭ ތަންތަން ބެއްދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮގަސްޓް 23 އިން 2021 އޮގަސްޓް 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

  5. ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 31 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނަރުދޫ ސްކޫލް

ށ. ނަރުދޫ

ފޯން: 6540577

އީ-މެއިލް: [email protected]

23 އޮގަސްޓް 2021
ހޯދާ