މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                     ނަންބަރު:  IUL-303-AS/2021/45               

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް

          ޤާނޫނު ނަންބަރު 8/2010 "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު" ގައި ބަޔާންކޮށްފައިވާ ކަންތައްތައް ކަށަވަރުކޮށްދިނުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް އެފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދީ މުޖްތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ދެނެގަނެ އަދި ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.  

            އެގޮތުން، މިރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތިރީގައި ދެންނެވިފައިވާ މަޢުލޫމާތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށައެޅުމަށްޓަކައި، ނުކުޅެދެންތެރިކަން ހުންނަފަރާތެއްކަން އަންގައިދޭ ޑޮކްޓަރެއްގެ ލިއުމާއި އައިޑީ ކާޑް ކޮޕީ 31 އޮގަސްޓް 2021 ގެ ކުރިން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.

  1. ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ދާއިމަށް ބޭސްފަރުވާގެ އެހީ ބޭނުންވެފައި ބޭސްފަރުވާގެ އެހީ ނުލިބި ތިބި މީހުން.
  2. ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެނދުމަތިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުން.
  3. ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ދަފްތަރުގައި ހިމެނިފައި ނުވާ ފަރާތްތައް.
  4. ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ ބޭނުންވާ މީހުންގެ ލިސްޓް. އަދި ސްކޫލް ނިމިފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިން.
  5. ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެދުމަތިވެފައި، އަދި މީހެއްގެ އެހީތެރިކަމާއިއެކު އުޅެވޭ ނުކުޅެދުންތެރިކަން ހުންނަ މީހުން.

         ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ. 

        15 މުޙައްރަމް 1443     

        23 އޮގަސްޓް 2021  

                                                   

23 އޮގަސްޓް 2021
ހޯދާ