ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީ ނެގުން

އިޢުލާން

 

ކުޑަހުވަދޫން ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީ ނެގުން،

                   ކުޑަހުވަދޫން ގޯތި ދޫކުރުމަށްޓަކައި، ކުޑަހުވަދޫ ކައުންސިލްގެ ނަންބަރު: 381(N)2020/03-39 (14 ޑިސެމްބަރ 2020) ގެ ނިންމުމުން އެކުލަވާލާފައިވާ ގޯތިކޮމެޓީ އުވާލުމަށްފަހު އައު ކޮމެޓީއެއް އެކުލަވާލުމަށް މި ކައުންސިލްގެ ނަންބަރު:381(N)2021/04-15 (20 ޖޫން 2021) ގެ ނިންމުމުން ވަނީ ފާސްކޮށްފައެވެ.

ވީމާ މިރަށުން ގޯތިދޫކުމަށްޓަކައި ކައުންސިލުން އެކުލަވާލާ ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން  2 މެމްބަރުން (އަންހެން/ފިރިހެން) ހިމެނުމަށް ބޭނުންވާތީ، ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މެމްބަރުންގެ މައިގަނޑު މަސައްކަތް:

01-  ގޯތިދޫކުރުމަށް ބޭނުންކުރާ އެންމެހާ ލިޔެކިޔުންތައް ޗެކްކޮށް ފައިނަލްކުރުން

02-  ގޯތިދޫކުރުމުގެ ގައިޑްލައިން އާއްމުންގެ ޚިޔާލަށް ހުޅުވާލުން

03-  ގައިޑްލައިނަށް އާއްމުންގެ ހުށަހަޅާ ޝަކުވާތަކާ ޚިޔާލުތައް އިވެލުއޭޓްކުރުން

04-  ގޯއްޗަށްއެދި ހުށަހަޅާ ފޯމްތައް އިވެލުއޭޓްކުރުން

05-  ފޯމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ޑްރާފްޓް ލިސްޓް އާއްމުކުރުން

06-  ޕޮއިންޓް ލިބިފައިވާ ގޮތަށް އާއްމުން ހުށަހަޅާ ޝަކުވާ އިވެލުއޭޓްކުރުން

07-  ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލް ލިސްޓް އާއްމުކުރުން

08-  ގުރުއަތުލާންޖެހޭ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށް ގެންދިޔުން

09-  ގޯތިލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އާއްމުކުރުން

10-  ގޯތި ނަންބަރު ގުރުއަތުލުން ކުރިޔަށް ގެންދިޔުމާ، ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ޙަވާލުކުރުން

                  ވީމާ ގޯތިކޮމިޓީގައި  އާއްމުމެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 2021 އޯގަސްޓް 30 ވަނަ ދުވަހުގެ 14:00ގެ ކުރިން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ބޭނުންވާ ޢަދަދަށްވުރެ، ގިނަ ފަރާތްތަކުން ކުރިމަތިލައްވައިފިނަމަ، 2 މެންބަރުން ނަގާނީ މިއިދާރާއިން އިންޓަވިއުކުރުމަށްފަހުގައެވެ.

23 އޮގަސްޓް 2021
ހޯދާ