މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމުން ދިރިއުޅޭ ގެތަކުގައި ޤަވާއިދާ ހިލާފަށް ފަތުރުވެރިން ބޭތިއްބުމާއި ގުޅޭ

އިޢުލާން

        މިރަށަކީ ލޯކަލް ޓުއަރިޒަމްގެ ސިނާޢަތު ފުޅާވަމުންދާ  ގެސްޓްހައުސް ތައް ހިންގާ ރަށަކަށްވެފައި މިރަށުގައި ޤަވާޢިދުން ހިންގަމުންދާ ގެސްޓްހައުސް ތަކުގައި ފަތުރުވެރިން ބޭ ތިއްބުމުގެ އިތުރުން މިދުވަސް ވަރު އާއްމުން ދިރިއުޅޭގެ ތަކުގައި ޤަވާއިދާ ހިލާފަށް ފަތުރުވެރިން ބައިތިއްބަމުން ގެންދާކަމުގެ މަޢުލޫމާތު މިކައުންސިލަށް ލިބެމުންދެއެވެ.

        ފަތުރުވެރިން ބޭތިއްބުމަށް ހުއްދަ ލިބިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ބައިތިއްބައިގެން  މިދުވަސްވަރު ދިމާވެދާނެ ސިއްޚީ ނުރަނގަޅު ސަބަބުތަކަށްޓަކައި ވެސް  ވިސްނާވަޑައިގެން  މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

        އަދި ގެސްޓްހައުސް ތަކުން ބުކިން ހެދުމަށްފަހު އަމިއްލަ ގެތަކުގައި ބޭތިއްބުމުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް، ޚާއްޞަކޮށް މިރަށުގެ ލޯކަލް ޓްއަރިޒަމަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީވެ، ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވާ މިފަދަ އަމަލުތައް ނުހިންގެވުމަކީ މިކައުންސިލްގެ އެދުމެކެވެ.

        އަދި ދަންނަވަމެވެ.  ޤަވާޢިދާއި ޚިލާފަށް މިފަދަ ޢަމަލެއް ކޮށްގެން ނުވަތަ ދިމާވެގެން ހުށަހެޅޭ މަސްއަލަތައް  މިކައުންސިލާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތައް ގުޅިގެން ބަލަމުންގެންދާވާހަކަވެސް ދެންނެވީމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2021
ހޯދާ