ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އޮތޯރިޓީގެ ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

އޮތޯރިޓީގެ ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމަށް ކޮންސަލްޓަންޓަކު ހޯދުން

 

ތަޢާރަފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު 3/2012 ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މިއޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދާތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާރުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

އޮތޯރިޓީއިން ކުރާ މަސައްކަތަކާއި ދޭ ހިދުމަތުގެ މައުލޫމާތު ދުވަހުން ދުވަހަށް އަދާހަމަކޮށް އާންމުންނަށް ފެންނާނެ އެއް ވަސީލަތަކީ އޮތޯރިޓީގެ ވެބްސައިޓެވެ. އެހެންކަމުން އޮތޯރިޓީގެ ވެބްސައިޓް  އަލުން ފަރުމާކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށް ހުޅުވާލަމެވެ.

 

ކޮންސަލްޓަންސީގެ މަޤްޞަދު

 

މި ކޮންސަލްޓަންސީގެ މަޤްޞަދަކީ އޮތޯރިޓީގެ ވެބްސައިޓްގެ ރިކުއަރމަންޓްސް ދެނެގަނެ، ވެބްސައިޓް ޑިވެލޮޕްކޮށް، ޑިވެލޮޕް ކުރާ ވެބްސައިޓް މެނޭޖްކުރުމަށް ބޭނުންވާ ތަމްރީން އޮތޯރިޓީގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމެވެ.

 

އިއުލާނުގެ ތައާވަލު

މިމަސައްކަތް ކުރިއަށް ގެންތިއުމުގައި އަމަލުކުރާނީ ތިރީގައިވާ ތާރީހުތަކަށެވެ. ނަމަވެސް، ދިމާވާ އެކި ހާލަތްތަކާއި ގުޅިގެން މިތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

 

 

 

ހަރަކާތް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސެޝަން

 

 

30 އޮގަސްޓް 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ

ޕްރޮޕޯސަލް ހުށަހެޅުން

05 ސެޕްޓެމްބަރ 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ

 

 

ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު

 

  • އޮތޯރިޓީގެ ވެބްސައިޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ނީޑްސް އެސެސްމަންޓެއް ތައްޔާރުކުރުން.
  • ނީޑްސް އެސެސްމަންޓްގެ އަލީގައި ވެބްސައިޓްގެ ބެކް އެންޑް/ ކޮންޓެންޓް މެނޭޖްމެންޓް ސިސްޓަމް، އަދި ފްރޮންޓް އެންޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޑިޒަންކޮށް ޑިވަލޮޕް ކުރުން.
  • މިހާރުގެ ވެބްސައިޓްގައި ހުރި ޑޭޓާތައް އައު ވެބްސައިޓަށް މައިގްރޭޓްކުރުން، ނުވަތަ އައު ވެބްސައިޓުން ފެންނަން ހުންނަގޮތަށް ހެދުން.
  • ވެބްސައިޓް އޮތޯރިޓީއިން ބޭނުންކުރާ ސާވާގައި ހޮސްޓުކޮށް ލައިވްކުރުން.
  • ވެބްސައިޓް މެނޭޖްކުރާނެ ގޮތުގެ ޔޫޒާ މެނުއަލްއެއް ތައްޔާރުކުރުން.
  • ވެބްސައިޓް މެނޭޖްކުރުމަށް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުން.
  • މިމަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. މިގޮތުން އިންޓަވިއު ތަކުގެ ނޯޓު ތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް، އަދި ސޯސް ކޯޑުތައް އޮތޯރިޓީއާއި ހިއްސާކުރަންވާނެއެވެ. އަދި މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

 

ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

 

ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. މި ބައިގައި ވެބްސައިޓް ޑިވެލޮޕްކޮށް ޑިޒައިންކުރުމާއި  ގްރެފިކްސް ޑިޒައިން ކުރުމުގެ މަސައްކަތުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައި މާކްސް ދެވޭނެއެވެ. މި ގޮތުން ކުރިން ކޮށްފައިވާ މަސައްކަތާއި، އެ މަސައްކަތަކީ ކުރިމަތިލާ ފަރާތުން ކޮށްފައިވާ މަސައްކަތެއްކަން ކަށަވަރުކުރުމަށް ބޭނުންވާ ލިޔުން ހުށަހަޅަންވާނެއެވެ. ހުށަހަޅާ ލިޔުންތަކުގެ ތެރެއިން މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި މި ފަދަ މަސައްކަތްކޮށްގެން ލިބިފައިވާ ލިޔުންތަކަށެވެ. މި މަސައްކަތް ކުރުމަށް އަމިއްލަ ފަރުދަކު ހުށަހަޅާނަމަ އެ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާ އެގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ޓީމަކުން ނުވަތަ ކުންފުންޏަކުން ހުށަހަޅާނަމަ މި މަސައްކަތް އަމަލީ ގޮތުން ކުރުމަށް ހުށަހަޅާ ޓީމް މެންބަރުންގެ ތައުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާގެ ލިޔުން ހުށަހަޅަންވާނެއެވެ. މި ބަޔަށް މާކްސް ދިނުމުގައި މި ލިޔުންތަކަށް ބެލެވޭނެއެވެ.

25%

ޕްރޮޕޯސަލް: ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތާއި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މި ގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

30%

އަގު: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

25%

މަސައްކަތުގެ މުއްދަތުގައި މަސައްކަތްކުރުމަށް ރާވާފައިވާ ގޮތް: މި ބަޔަށް މާކްސް ދިނުމުގައި ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތް އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ކުރުމަށް ހުށަހަޅާ ޓައިމްލައިނަށާއި، އެ ޓައިމްލައިންގައި މަސައްކަތްތައް ނިންމުނަށް ހުށަހަޅާ މުއްދަތަކީ އެ މަސައްކަތެއްގެ ކުޑަ ބޮޑު މިނާއި، މަސައްކަތްކުރުމަށް ހުށަހަޅާ އިންސާނީ ވަސީލަތްތަކާ އެކަށީގެންވާ ގޮތަށް ހުށަހަޅާފައިވާ ޓައިންލައިނެއްތޯ ބެލެވޭނެއެވެ.

20%

 

މަސައްކަތުގެ މުއްދަތު

މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ 19 ސެޕްޓެމްބަރ 2021 އެވެ. މިމަސައްކަތް ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު:

  • އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ
  • ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.
  • ވިޔަފާރި/ކުންފުންޏެއްނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ސެޓްފިކެޓްގެ (އެސް.އެމް.އީ ރަޖިސްޓްރީ) ކޮޕީ
  • މިފަދަ މަސައްކަތް ކުރިން ކޮށްފައިވާކަން އެގޭނެ ލިޔުންތައް. 
  • މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް. މިގޮތުން ވެބްސައިޓް ޑިވެލޮޕްކުރުމަށް ހުށަހަޅާ ޓީމް މެންބަރުންގެ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާ އެގޭނެ ލިޔުންތައް ހުށަހަޅަންވާނެއެވެ.
  • ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
  • ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.

ޓެކްނިކަލް ޕްރޮޕޯސަލް

  • މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
  • މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.

އަންދާސީ ހިސާބު

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ފައިސާ ދޫކުރުން

މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.

 

ޕްރޮޕޯސަލް ހުށަހެޅުން

 

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ. ގަޑިއަށް ހާޒިރު ވެވަޑައި ނުގަންނަވާ ބޭފުޅުންގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭއެވެ. ޕްރޮޕޯސަލްތައް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.

 

އެޑްރެސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ހ. މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ

ސުންގަޑި: 05 ސެޕްޓެމްބަރ 2021، 11:00

 

އިތުރު މައުލޫމާތު:

ފޯން: 3010551  އީމެއިލް: [email protected]

23 އޮގަސްޓް 2021
ހޯދާ