ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

 ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

  މި ސްކޫލްގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 19 އޮގަސްޓް 2021 ގައި ކުރެވުނު އިއުލާނާއި ގުޅިގެން އެކަށީގެންވާވަރަށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާތީ، އެ އިއުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  ވީމާ މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް ތިރީގައި ބަޔާންކުރެވިފައިވާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

  •  ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ޕްލޭ އޭރިއާ ހެދުމުގެ މަސައްކަތް
  • ޕްރިންސިޕަލް ރޫމް،ހެލްތު ރޫމް، ލީޑިން ޓީޗަރސް ރޫމް އަދި ހޯލުގެ އެންޓްރެންސް އޭރިއާގައި ޓައިލްސް ޖެހުން

 

  އަންދާސީހިސާބު ހުށަހަޅާނީ ކޮންމެ މަސައްކަތެއްގެއަގު ވަކިވަކިންނެވެ. 

 

  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 23 އޮގަސްޓް 2021 އިން 25 އޮގަސްޓް  2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

  ރަޖިސްޓްރޭޝަން ފޯމުގެ ލިންކް:  https://forms.gle/s4D8tygAqyethCax8

  އީ-މެއިލް: [email protected]

 

  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 އޮގަސްޓް  2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  ބިޑް ހުޅުވުން އޮންނާނީ 29 އޮގަސްޓް 2021  ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި ނޫރާނީ ސްކޫލްގައެވެ.

 

  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ޢިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނޫރާނީ ސްކޫލް

      ފޯން: 6885917

      އީ-މެއިލް: [email protected]

 

 

 

 

 

 

 

23 އޮގަސްޓް 2021
ހޯދާ