މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްކީޕަރ

ނަމްބަރ :  FFC/I/2021/101

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސްކީޕަރ

ބޭނުންވާ ޢަދަދު

02 (ދޭއް)

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފްލީޓް – އޮޕަރޭޝަން ޑިޕާރޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

މުސާރަ :6500.00 ރުފިޔާ (މަހަކު)

އިތުރު ޢިނާޔަތްތައް:

އޮަޕަރޭޝަނަލް އެލަވަންސް :4550.00 ރުފިޔާ ( ބޭސިކް މުސާރައިގެ 70% މަހަކު) 

ހާޑްޝިްޕް އެލަވަންސް :3250.00 ރުފިޔާ ( ބޭސިކް މުސާރައިގެ 50% މަހަކު –

މަސައްކަތައް ޙާޟިރުވާ ދުވަހަށް)

އަދި ކެއުމާއި ހުރުން ކުންފުނިން ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު:

ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް  (ދަށް ވެގެން ސްކީޕަރ ކްލާސް 5 ގެ ސަނަދު)  އޮތުމާއިއެކު، ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • މަސްގަތުމުގައި ޙަރަކާތްތެރިވާ ބޯޓުފަހަރު ދުއްވުން، މަސްކިރުވާ ދޯނިފަހަރުތަކަށް މަސްބިލް/ތެޔޮ ބިލް ހެދުން، މަސްކިރުވާ ދޯނި ފަހަރަަށް ފައިސާ ދޫކުރުމާއި ބޯޓުގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުމާއި ޒިއްމާއާއި މަސްއޫލިއްޔަތު އަދާކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ    [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 1 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ޅ.ފެލިވަރު ގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620376 ފޯނަށް ގުޅުއްވުން އެދެމެވެ.

23 އޮގަސްޓް 2021
ހޯދާ