ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ވެހިކަލް ހޯދުމާއި ގުޅޭ

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ކާރަކާއި ވޭނެއް ގަތުމަށް ބޭނުންވެއްޖެއެވެ. މިތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

- 01 ވޭން 10 ސީޓްގެ   (2020 ނުވަތަ 2019 ގައި އުފައްދާފައިވާ ރީކަންޑިޟަން)

- 01 ކާރު           (2020 ނުވަތަ 2019 ގައި އުފައްދާފައިވާ ރީކަންޑިޟަން)

 

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 29 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށް ފަހު   [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ފައިލް ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 30 އޮގަސްޓް 2021 ވާ ހޯމަ  ދުވަހުގެ 10.00 ގެކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13.00 ގެކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ފޮނުވޭ ސުވާލުތަކުގެ ޖަވާބު 06 ސެޕްޓެމްބަރ2021 ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން މެއިލް އިން ފޮނުވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހިގެން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

22 އޮގަސްޓް 2021
ހޯދާ