މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް ބިލްތަކަށް ފައިސާ ދެއްކުމަށް ހެދިފައިވާ އައު ޢުޞޫލާއި ބެހޭ

ކަރަންޓް ބިލްތަކަށް ފައިސާ ދެއްކުމަށް ހެދިފައިވާ އައު ޢުޞޫލާއި ބެހޭ:

ކ.ހުރާ ކައުންސިލްގެ 04 ވަނަ ދައުރުގެ 24ވަނަ ބައްދަލުވުމުން ވަނީ އޮގަސްޓް މަހުގެ ކަރަންޓް ބިލް ނުދައްކާ ފަރާތްތަކަށް ސެޕްޓެންބަރ މަހުގެ ކަރަންޓް ބިލާއި އެކު ނޯޓިސް ފޮނުވުމަށް ނިންމާފައެވެ. އަދި ދެ މަހުގެ ކަރަންޓް ބިލް ޖެހިޖެހިންގެން ނުދައްކާ ނަމަ 3 ވަނަ މަހު ކަރަންޓް ކަނޑާލެވޭނެއެވެ. އަދި އޭގެ ފަހުގައި އަލުން ކަރަންޓް ގުޅާދެވޭނީ އުޞޫލާއި އެއްގޮތައް ބިލްތަކަށް ފައިސާ ދެއްކުމުންނެވެ.

މިހެންކަމުން މިއުޞޫލަށް 1 ސެޕްޓެންބަރ 2021 ފެށިގެން ޢަމަލުކުރަން ފަށާނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

          14  މުޙައްރަމް  1443

          22  އޮގަސްޓް  2021

22 އޮގަސްޓް 2021
ހޯދާ