މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު (އިންޑިވިޖުއަލް ކޮންސަލްޓެންޓް)

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު (އިންޑިވިޖުއަލް ކޮންސަލްޓެންޓް) 

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން، ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ހިންގުމަށް ބޭނުންކުރަމުންދާ މޮޑިއުލްތައް ރިވައިޒްކުރުމަށާއި، ޝާމިލުވެށި ޕްރޮޖެކްޓްގެ އެޑްވޮކަސީ ޕްލޭނެއް އެކުލަވާލައި ސާމްޕަލް މެޓީރިއަލް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2021/179 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮންދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

ނޯޓް: މި މަސައްކަތްކުރުމަށް މީހަކު ކަނޑައަޅާނީ ތަޢުލީމާ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިގެންނެވެ.

ޕްރޮޕޯސަލް ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓް 30 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ފޯމްގެ ލިންކު: https://bit.ly/3yh8hoa

  1. މިމަސައްކަތްކުރުމަށް އެދި ހުށަހަޅާ ލިޔުން
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ (ވެލިޑޭޓް ކުރެވިފައިވާ)

 

އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                              

އީ-މެއިލް: [email protected]

22 އޮގަސްޓް 2021
ހޯދާ