ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

 

އިޢުލާން

މިއޮފީހުގެ ނަންބަރު: (IUL)1-CSO(FM)/1/2021/63  އިޢުލާނުގައި ވާ ގޮތުގެމަތިން، 2021 އޮގަސްޓު 19 ވީ ބުރާސްފަތި ދުވަހު ކީ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަންކިޔުން
2021 އޮގަސްޓު 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އަމީނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީ ގޯތިތެރޭގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2021 އޮގަސްޓު 25 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2021 އޮގަސްޓު 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. 

ނީލަމުން ތަކެތި ނަގާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، މި އޮފީހަށް ފައިސާ ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި، ތަކެތި ގެންދަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

11 މުޙައްރަމް 1443

 

19 އޮގަސްޓް 2021
ހޯދާ