އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގައި އަވަށި މަޝްވަރާ ކޮމެޓީ އުފެއްދުމާ ގުޅޭ

އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާއިން އައްޑޫ ސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމެޓީގެ އުސޫލު ފާސްކޮށްފައިވެއެވެ. ދެންނެވުނު އުސޫލުގައިވާ ގޮތުގެމަތިން އަވަށި މަޝްވަރާ ކޮމެޓީތައް އައްޑޫގެ ކޮންމެ އަވަށެއްގައި އުފެއްދުމަށްޓަކައި، ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއް ނިސްބަތްވާ އަވަށެއްގެ އަވަށު އޮފީހަށް  ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށި މަޝްވަރާ ކޮމެޓީތަކުގެ އުސޫލުގައިވާ ގޮތުން އަންނަނިވި ދާއިރާތަކަށް މެންބަރުން އައްޔަންކުރެވިދާނެއެވެ. އެގޮތުން؛

  1. ގަވަރނަންސް ދާއިރާ
  2. އިގްތިސާދީ ދާއިރާ
  3. ސިއްހަތާއި، ތައުލީމާއި، މުއާސަލާތާ ގުޅުން ހުރި ދާއިރާ
  4. ތިމާވެއްޓާއި، ޔުޓިލިޓީސް އަދި އުމްރާނީ ތަރައްޤީއާ ގުޅުން ހުރި ދާއިރާ
  5. ކުޅިވަރާއި ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާ

އެހެންކަމުން، މަތީގައި ދެންނެވެނު ދާއިރާތަކުގައި މަސައްކަތްކުރާ އެއަވަށަކަށް ނިސްބަތްވާ ފަރާތަކުން ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު އެ އަވަށެއްގެ އަވަށު އޮފީހަށް 30 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމާއެކު ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުން ހުށަހެޅުމަށް ވެސް ދަންނަވަމެވެ. އެއް ދާއިރާއަކަށް އެއް ފަރާތަށް ވުރެ ގިނައިން ކުރިމަތި ލާފައި ވާނަމަ އެ ދައިރާއަކުން ހާސިލްކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެފަރާތަކަށް އިސްކަންދެވޭނެއެވެ. އަވަށި މަޝްވަރާ ކޮމެޓީގެ އުސޫލާއި ފޯމު ވެބްސައިޓުން ލިބެންހުންނާނެއެވެ.

އަވަށު އޮފީސްތަކުގެ އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.

                                        11  މުޙައްރަމް 1443

19 އޮގަސްޓް 2021
ހޯދާ