ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޢާންމު އިމްތިޙާނު ބޭއްވުން ހުއްޓާލުން

 (IUL)120-D/2021/49 ނަމްބަރު

 

އިޢުލާން

ޢާންމު އިމްތިޙާނު ބޭއްވުން ހުއްޓާލުން

      މި ޑިޕާޓްމަންޓުން ބާއްވަމުންއައި "ޢާންމު އިމްތިޙާނު" ތަކުގެ ތެރެއިން ބައެއް އިމްތިޙާނުތަކުގައި މީހުން ބައިވެރި ނުވުމާއި، ދެންހުރި އިމްތިޙާނުތަކުގައި ބައިވެރިވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް މަދުކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ޢާންމު އިމްތިޙާނުގެ ގޮތުގައި ދެވޭ އިމްތިޙާނުތަކަކީ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މަތީތަޢުލީމުދޭ އެހެނިހެން މުއައްސަސާތަކުން މިހާރު ކުރިޔަށް ގެންދާ އިމްތިޙާނު ތަކެކެވެ.

އެހެންކަމުން، މި ޑިޕާޓްމަންޓުން ބާއްވަމުން ގެންދިޔަ އާންމު އިމްތިޙާނުތައް 2022 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ނުބާއްވާގޮތަށް ހަމަޖެހިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ހުއްޓާލަން ހަމަޖެހިފައިވާ އިމްތިޙާނުތަކަކީ:

  1. ހުކުރުކުރުން
  2. މިސްކިތު މުދިމުކަން
  3. ޖަމާޢަތްތެރިކަން
  4. ސެކްރެޓަރީކަން
  5. ކާތިބުކަން
  6. ޕިޔޯނުންގެ ސަރުދާރުކަމާއި އިނިސްޕެކްޓަރކަން

       11 މުޙައްރަމް 1443

       19 އޮގަސްޓް 2021

19 އޮގަސްޓް 2021
ހޯދާ