ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ޝަކުވާ ބަލާ ކޮމިޓީ އެކުލަވާލުން

     ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ބާއްވާ ބައި-އިލެކްޝަންގެ ޝަކުވާ ބަލާ ކޮމިޓީގައި މި ކައުންސިލުގެ ޢާންމު މެންބަރަކު ހިމެނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމަވާފައިވާތީ، ކުރެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު: 480/އައި.ޔޫ.އެލް/26/2021  (06 ޖުލައި 2021) އިޢުލާނު އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ޝަކުވާ ބަލާ ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

1 (އެކެއް)

އަސާސީ ޝަރުތުތައް:

 

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން
  • ޤާނޫނީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

ނޯޓް: ޝަކުވާ ބަލާ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރަކާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެންބަރަކު ޝަކުވާ ބަލާ ކޮމިޓީން އިސްތިޢުފާ ދޭންޖެހޭނެއެވެ. 

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

 

ގަވާއިދު ނަންބަރު: 1055-އާރު/2019 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) އާ އެއްގޮތަށް ބާ ކައުންސިލުން ބާއްވަންޖެހޭ ބައި-އިލެކްޝަންއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުން

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

  1. އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ؛
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛ އަދި
  5. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓާއި ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެންބަރަކު އިސްތިއުފާ ދިނުމަށް އެއްބަސްވާކަން އަންގައިދޭ ލިޔުން (މި ލިޔުން ސިޓީއެއްގެ ސިފައިގައިވެސް ހުށަހެޅިދާނެއެވެ.)

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި

އެޕްލިކޭޝަން ހުށަހަޅާނީ 2 ސެޕްޓެންބަރު 2021 ގެ 15:00 ގެ ކުރިން ބާ ކައުންސިލުގެ  [email protected] އަށް އީ-މެއިލްގެ ޒަރީޢާއިންނެވެ. (ހުރިހާ ޑޮކިއުމަންޓެއް އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައި)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.   

19 އޮގަސްޓް 2021
ހޯދާ