މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޑްރައިވަރ މަޤާމްއަށް ވޭޖް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދުމާއި ގުޅޭ

އިޢުލާން

 

 

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޑްރައިވަރ މަޤާމްއަށް ވޭޖް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދަން ޕޫލެއް އެކުލަވާލަން ބޭނުންވެއްޖެއެވެ.

 

މަޤާމް

ޑްރައިވަރ

ބޭނުންވާ އަދަދު

02 (ނޯޓް: ޕޫލަށް ގިނަވެގެން ނަގާނީ 02 ބޭފުޅުންނެވެ. އަދި މަސައްކަތް ހަވާލުކުރާނީ ޕޫލްގެ ތެރެއިން 01 ވަނަ ރޭންކް ގައި އިންނަވާ ފަރާތަށް މަސައްކަތް ހަވާލުކުރާގޮތަށް އިސްކަންދީގެންނެވެ. އަދި އެފަރާތަށް ހާޟިރުނުވެވޭ ދުވަހަކު ޕޫލުގައި ދެން އިންނަވާ ބޭފުޅަކަށް އެދުވަހަކު ނިކުތުމަށް ފުރުޞަތު ދެވޭނެއެވެ.)

މުއްދަތު

ޑްރައިވަރ މަޤާމްގެ ކޮންޓްރެކްޓް މަޤާމަށް މުވައްޒަފުން ނެގެންދެން

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު:

08 ގަޑީއިރު (ހެނދުނު 08:00 ން މެންދުރު 12:00 އަދި 13:30 އިން 15:00)

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

މުހިއްމު ނޯޓް

މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު، މަސައްކަތް ހަވާލުކުރާނީ އެފަރާތްތަކާއި ވެވޭ އެއްބަސްވުމެއްގެ ދަށުން، ޕޫލްއެއް އެކުލަވާލުމަށްފަހުއެވެ.

އެގޮތުން ވޭސްޓްމެނޭޖްމަންޓް ސެންޓަރ އިން ހުސްވާ މަޤާމްތަކަށް ބަދަލުގައި ނިކުންނާނެ މުވައްޒަފަކު ހަމަޖައްސާނީ މި ޕްލޫގެ ތެރެއިންނެވެ. މިއީ ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތް ކުރައްވަންޖެހޭ މަޤާމްތަކަކަށްވާތީ، އުޖޫރަ ހަމަޖެހޭނީ މަސައްކަތް ކުރާ ގަޑިއިރަކަށް މަހު މުސާރަ އާއި އެލަވަންސް ޖެހޭ މިންވަރަށް އުޖޫރަ ދޭ އުޞޫލުންނެވެ.

ވޭޖް

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 30.00 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ކައުންސިލުން އިތުރު ގަޑިއަށް ނިކުންނަން އަންގަފި ހިނދެއްގައި، މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 30.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

1- މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންއިން ދޫކުރާ C4  ނުވަތަ C3  ކެޓަގަރީ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.

2- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން.

3- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭ ގޮތައް ބަގީ ހުސްކުރުން.

2- ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން.

3- ބަގީއަށް ދިމާވާ އެކިއެކި މަސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމިލީގޮތުން މަސައްކަތް ކުރުން.

4- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން.

5- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ޤަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަޖުރިބާ  އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 އޯގަސްޓް 29 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޯގަސްޓް 2021

19 އޮގަސްޓް 2021
ހޯދާ